ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމަށް މާދަމާ ހެނދުނު 11:00 ގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރާނެކަމަށް މައުލޫމާތުލިބިއްޖެއެވެ.
ޤާސިމް އިބްރާހީމް ގެ މައްޗަށް ދައުވާ ކުރަނީ ސިފައިންނަށް އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްޕުޅު ކުރެއްވުމާއި އަދި ސަރުކާރު ބަދަލުކުރައްވަން މަސައްކަތްޕުޅު ކުރެއްވި ކަމުގެ ތުހުމަތުގައި ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.
ކްރިމިނަލް ކޯޓުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ޤާސިމް އިބްރާހީމް ބަންދުގައި ބަހައްޓަން 15 ދުވަސް ޖަހާފައެވެ.
ގާސިމް އިބްރާހީމް މާދަމާ 11 ޖަހާއިރު ކޯޓަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ