ރައްޔިތުން އުފަލާއެކު ބަލައިގަންނަ ގޮތަށް ޚިދުމަތް ދިނުމަށް މާލޭ ސިޓީ ފުލުހުންގެ ކިބައިން އެދިއްޖެ
ފުލުހުންގެ ދެމުންދާ ޚިދުމަތަކީ ރައްޔިތުން އުފަލާއެކު ހިތްހަމަޖެހިތިބެ ބަލައިގަންނަ ޚިދުމަތަކަށް ހައްވައިދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު މާލެ ސިޓީ ޕޮލިސްގައި ހިމެނޭ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު މިކަމަށް މާލޭ ސިޓީގައި މަސައްކަތްކުރައްވާ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވަނީ މާލޭސިޓިގައި މަސައްކަތްކުރާ ފުލުހުންނާއި ބައްދަލުކުރައްވައި ރޭ އިސްކަންދަރު ކޮށީގައި ވާހަކަފުޅު ދައްކަވަމުންނެވެ.ރޭ 20:30 ހާއިރު އިސްކަންދަރު ބިލްޑިންގުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ސެންޓަރަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި މާލެ ސިޓީ ޕޮލިސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި ގަލޮޅު ޕޮލިސް ސްޓޭޝަނާއި މާފަންނު ޕޮލިސް ސްޓޭޝަނާއި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ އިތުރުން ވިލިމާލެ ޕޮލިސް ސްޓޭޝަންގެ އިންޗާޖުން ބައިވެރިވެ ވަޑައިގެންނެވިއެވެ.މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ފުލުހުން ދެމުންގެންދާ ޚިދުމަތަކީ ރައްޔިތުން އުފަލާއިއެކު ބަލައި ގަންނަ ޚިދުމަތަކަށް ހެދުމަށް މަސައްކަތްކުރުމަށާއި ރައްޔިތުންނާއި މުޢާމަލާތްކުރުމުގައި ރިވެތި ބަހުރުވަ ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން ރައްޔިތުންނާއި ގުޅިގެން އެންމެން އެކުގައި މަސައްކަތްކޮށް ރައްޔިތުންނާ ވީ އެންމެ ގާތުން ފުލުހުންގެ ޚިދުމަތްދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގަތެވެ .ފުލުހުންގެ ޚިދުމަތްދިނުމުގައި ދަތިތަކަކާ ކުރިމަލާންޖެހޭނެކަން ޤަބޫލު ކުރެއްވުމަށް އެދިވަޑައިގެން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ދެއްކެވި ވާހަކަފުޅުގައި މިހާރު ސެޓޭޝަންތަކުގައި ފުލުހުން ބޭނުންކުރަމުންދާ އާލާތްތަކާއި ގިނަ ވެހިކަލްތަކެއް ހަލާކުވެފައިވާކަމަށް ވިދާޅުވިއެވެ. މިހެންކަމުން ފުލުނުްގެ އިންފްރާސްޓްރަކްޗަރ އިތުރަށް ރަނގަޅުކޮށް ތަރައްޤީކުރުމަށް 2014 ވަނަ އަހަރުގެ ތެރޭގައި މަސައްަކތްކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ. .މީގެއިތުރުން ސިޓީ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނަށް ޚާއްސަކޮށްގެން ކަމާގުޅޭ ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވެއެވެ.މި ބައްދަލުވުމުގައި ނިމިގެން މިދާ 2013 ވަނާ އަހަރުތެރޭގައި މާލޭ ސިޓީ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ކޮށްފައިވާ ޚާއްސަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ހަނދާނީ ލިޔުން ވަނީ ޙަވާލުކޮށްފައެވެ. އެގޮތުން ފުރާނަ ސަލާމަތްކުރުމާއި ރައްޔިތުން އަތުން ފޭރިގަނެގެންދާ މީހުން އަތުލާގަތުމާއި ބޮޑެތި މާރާމާރީތައް ކޮންޓްރޯލްކުރުމުގެ އިތުރުން ރައްޔިތުންގެ އަގުބޮޑެތި މުދާތައް ވަގަށް ނަގައިގެން ރަށުތެރޭގައި ވިއްކަން އުޅެނިކޮށް ފުލުހުންގެ އަމިއްލަ މަސައްކަތުން އެމީހުންނާއި ތަކެތި ހޯދާ ފައިވާ ފުލުހުނަށް ވަނީ ހަނދާނީ ލިޔުން ވަނީ ޙަވާލުކޮށްފައެވެ. މި ބައްދަލުވުމުގައި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ