ދިއްދޫ ދާއިރާގެ މެމްބަރު ވައިބާ ގްރޫޕުން ބޭރުކުރަން ގޮވާލައިފި

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ރަސްމީ ވައިބާ ގްރޫޕުން، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް ބޭރުކުރަން، ޕީޖީ ގްރޫޕްގެ ބައެއް މެމްބަރުން ގޮވާލައްވައިފި އެވެ.
 
މެމްބަރުން ލަތީފް ވައިބާ ގްރޫޕުން ބޭރުކުރަން ގޮވާލެއްވި މެމްބަރުންނަކީ ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލާއި ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ފަލާހް އެވެ. މިކަން ޕީޕީއެމްގެ ބައެއް މެމްބަރުން ކަށަވަރުވެސް ކޮށްދެއްވި އެވެ. 
 
މި ދެ ބޭފުޅުން މިގޮތަށް ގޮވާލެއްވީ ވައިބާ ގްރޫޕްގައި މެމްބަރު ލަތީފް، އޭދަފުށީ ދާއިރާގެ މެމްބަރާ އަހްމަދު ސަލީމްއާ ސުވާލުތަކެއް ކުރިމަތިކުރެއްވުމުންނެވެ.
 
މެމްބަރު ލަތީފް ކުރެއްވި ސުވާލުތަކުގެ ތެރޭގައި، "ރައްޔިތުންގެ މަޖިލިސް އަކީ މިހާރު އެހާ މުހިންމު ތަނެއްކަމަށް ސަލީމްބެއަށް ގަބޫލް ކުރެއްވޭތޯއެވެ؟ ރައްޔިތުންނަށްޓަކައި ކިތަންމެ ރަނގަޅަށް ގާނޫންތަކެއް ހެދިޔަސް އެފަހުބަސް ބުނަން މިއޮތީ އެހެން ދިމާލެއްގަ ނޫންތޯއެވެ؟ ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައި ރާވެރިކަމުގެ ފޯރި ކެނޑިގެން ދިޔަ ގޮތެކޭ މިކަމެކޭ ވަކި ތަފާތެއް ނެތެއް ނޫންތޯ އެވެ؟" ހިމެނެ އެވެ.
 
މީގެ އިތުރުން ލަތީފް ވިދާޅުވީ ރާބާލާ ރުށްދޮށަށް އަންހެންވެރިން އަރުވާ ޖަހާފައި ދިއުން ހުއްޓުނީ ފާޑެއްގެ ސީ ސޯޓެއް ރާއްޖެއަށް ތައާރަފުވެގެން، މުންޑުގެ ބަދަލުގައި ސީ ސޯޓްލައިގެން ފިރިހެންވެރިން ރުކަން އަރަން ފެށުމުން ކަމަށެވެ.
"ރައްޔިތުންގެ މަޖިލިސް ވެސް މިހާރު ވެފައި މިވަނީ ހަމައެކަލަ ތަނަކަށްތޯއެވެ؟ ބާރުތައް އެއް ދިމާލަކަށް ޖަމާކުރަން ވެގެން ކަންކަމަށް ގެންނަމުންދާ ބަދަލުތައް ސަލިމްބެއަށް ހަމަ ނުވިސްނޭތޯ އެވެ؟ ބާރުތައް އެއް ދިމާއަލަށް ދިމާކުރުރަން ވެގެން ކަންކަމަށް ގެންނަމުންދާ ބަދަލުތައް ސަލީމްބެއަށް ހަމަ ނުވިސްނޭތޯ އެވެ؟" ލަތީފް ސުވާލުތައް ކުރެއްވެވި އެވެ.
 
"މަޖިލިސްގެ ބާރުތައް ކަނޑުވާލައި، ފަހުބަސް ބުނާ ގޮތަަށް މި ނިންމީ ވެސް އަހަރުމެން އަތުން އުފެއްދި ތަނަކުން ނޫންތޯ އެވެ؟ މަޖިލިސް ގައި މިގޮތަށް ތިބިމުމަށްވުރެ ރާވެރިކަން އާލާކުރަން، މުންޑުލައިގެން ރުކަށް އަރަން ދިއުން މާ ބުއްދިވެރިކަން އަޅުގަނޑަށް ފެނޭ."
 
މެމްބަރު ލަތީފްގެ މި ސުވާލުތަކަށް ރައްދު ދެއްވައި، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު ވިލިމާލޭ ދާއިރާގެ މެމްބަރު ނިހާނު ވިދާޅުވީ "ލަތީފްބެއަކީ ވަރަށް ޚިޔާލު މުއްސަނދި މެމްބަރެއް" ކަމަށާއި "ބައެއް ފަހަރު ލިޔުއްވާ އެއްޗަކީ ހަގީގަތަކަށް ނުވިޔަސް ވަރަށް ރީއްޗަށް ލިޔުއްވާ ބޭފުޅެއް" ކަމަށެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ