މާލޭ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

މާލޭސިޓީގެ ބޮޑު ބަޔަކުން ދާދި ދެންމެއަކު ކަރަންޓު ކެނޑިއްޖެއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި މިއަދު ކަރަންޓު ކެނޑެން މެދުވެރިވީ ކަރަންޓު ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރެއް ހުއްޓިގެންނެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނީ ޖަނަރޭތަރެއް ފެއިލްވެގެންނެވެ. މައްސަލަ ހައްލުކޮށް ވީހާ އަވަހަކަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ. Some areas of Male is experiencing power interruption due to power generator failure. We are working to restore power as soon as possible.— STELCO (@STELCOMALDIVES) October 3, 2017
މިދަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ