ސަރުކާރުގެ ފަރާތުން ޓޫރިޒަމާ ބެހޭ ގާނޫނަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އިސްލާހު ދިރާސާ ކުރާ އިގްތިސާދީ ކޮމެޓީން މިއަދު ނިންފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާ (މަޓާޓޯ) އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އިތުރުން ގެސްޓް ހައުސް ލޮބީ ގްރޫޕެއް ހާޒިރު ކުރުމަށެވެ.
އެ ހަތް އިދާރާ ހާޒިރު ކުރުމަށް ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އޭނާގެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.
އެ ހުށަހެޅުމަށް އެހެން ބޭފުޅުން ދެކޮޅު ނަހައްދަވާތީ، އިތުރު ވޯޓަކާ ނުލައި އެ ހަތް އިދާރާ ދެން ބާއްވާ ކޮމެޓީގެ ބައްދަލުވުމަކަށް ހާޒިރު ކުރުމަށް ވަނީ ނިންމާފަ އެވެ.
އިއުލާން ކުރުމަކާ ނުލައި، ޓޫރިޒަމްގެ ބޭނުންތަކަށް ރަށްތަކާއި ފަޅާއި ބިން ދޫކުރުމުގެ ބާރު ލިބިދޭ އިސްލާހާ މެދު ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ ހިޔާލު ތަފާތެވެ. އަދި އެ އިސްލާހުގައިވާ ގޮތުން ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގާ ނަމަ ގެސްޓު ހައުސް ވިޔަފާރިއަށް ގެއްލުންވާނެ ކަމަށް ބައެއް މެމްބަރުން ގަބޫލު ކުރައްވަ އެވެ.
ޓޫރިޒަމް ގެ ގާނުނަށް މެމްބަރު ނިހާން ހުށަހެޅި އިސްލާހު ދިރާސާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ