ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަސް ވަނަ އަހަރީ ޖަލްސާ ފާހަގަކުރުމުގެ ގޮތުން މާދަމާ ރޭ އެޕާޓީއިން "އަސްލު ޖަލްސާ" ގެ ނަމުގައި ބޭއްވޭ ޖަލްސާއަށް ރާއްޖޭގެ ކަންކޮޅުތަކުން މީހުން ގެންނަމުންދާގޮތާމެދު ރައީސް މައުމޫން ފެކްޝަނުން ސުވާލު އުފައްދައިފިއެވެ.
"މަވެސް ދާނަން" ކަމަށްބުނެ، ޕީޕީއެމްގެ ޖަލްސާއަށް ހާޒިރުވާނެ ކަން އެތައް ބަޔަކު ހާމަކުރަން ފަށާފައިވުމާއެކު އެ ޕާޓީއިން ވަނީ އެ ފަރާތްތަކަށް ލުއި ފަސޭހަގޮތަކަށް ދަތުރުފަތުރުގެ ކަންކަން އިންތިޒާމުކޮށްދޭނެކަން ކަށަވަރުކޮށްދީފައެވެ.
ރައީސް މައުމޫން ހިންގަވާ ސިޔާސީ ހަރަކާތުގެ ހިންގާ ކޮމެޓީގައި ހިމެނޭ އާމިނަތު ނާދިރާ ވަނީ، "މިކަމަށް ޚަރަދުކުރަނީ ކޮންފައިސާއެއް" ތޯ ސުވާލު އުފައްދާފައެވެ.
ސިޔާސީ ޕާޓީތައް ރާއްޖޭގައި ހިންގަމުންދަނީ ދައުލަތުން ފައިސާ ދޫކޮށްގެން ކަމަށެވެފައި އިލެކްޝަންސް ކޮމިޝަނުން އެފައިސާ ޕާޓީތަކަށް ދޫކޮށްފައިވަނީ މިހަފްތާތެރޭގައެވެ. މީގެ ކުރިންވެސް ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް އެ ބޭފުޅުން ގެންނަވަނީ ޕާޓީން ޚަރަދު ކުރައްވައިގެން ކަމަށްވާއިރު ޕީޕީއެމް އިން ވެސް އަމަލުކޮށްފައި ވަނީ އެގޮތަށެވެ.
ނާދިރާގެ ވަހަކަތަކަށް އެމްޑީޕީގެ ފަރާތުންވެސް ވަނީ ރައްދު ދެއްވާފައެވެ. ނަމަވެސް އެފަރާތްތަކުން ނާދިރާއަށް މިހާރު އެކަން ކަން ފެނިވަޑައިގަންނަވާތީ ހިތާމަ ކުރައްވާކަމަށް ވަނީ ބުނެފައެވެ.
ޕީޕީއެމް ޖަލްސާއަށް މީހުން އެއްކުރާ ގޮތާމެދު މައުމޫން ފެކްޝަނުން ސުވާލު އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ