މޫސުން ގޯސްވުމުން ރާއްޖޭގެ ބައެއް ހިސާބު ތަކަށް ވައިޓް އެލާޓް ނެރެފި

ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުތެރޭ ބޮޑުބަޔަކަށް ވިއްސާރަކޮށް މީގެތެރެއިން ބައެއް ރަށްތަކަށް ގުގުުރުމާއިއެކު ބޯކޮށް ވާރޭވެހޭނޭކަމަށް ލަފާކުރެވޭތީ ބައެއް ހިސާބް ތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން ) ބުނީ، މެންދުރު ފަހު 13:00 އާއި ހަމައަށް ނެރެފައިވާ އެ އެލާޓްގައި އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަގުއުތުރާއި އުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި މެދުތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަަމށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މިިވިއްސާރާގައި އުތުރާއި މެދުތެރޭ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތި މިސަރަޙައްދުތަކުގައި ޢާންމުކޮށް ހުރިހާފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުންވަނީ އެދިފައެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވި ނަމަވެސް މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓު އޮފީހުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ