އިދިކޮޅު އިއްތިހާދު ހުއްޓުވަން ޖެހޭ - އަލްހާން

އެމްޑީޕީ އަކީ ސިޔާސީ ޕާޓީ އަކަށް ވެހުރެ ނުރަސްމީ ގޮތުގައި އިދިކޮޅު އިއްތިހާދުގެ ނަމުގައި ހިންގައި ހަރަކާތްތައް ހުއްޓުވަން ޖެހޭ ކަމަށް އަލްހާން ފަހުމީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެއްޖެ.
ކުރީގެ އެމްޑީޕީ ނައިބު ރައީސް އަލްހާން މިކަމާ ބެހޭގޮތުން އިތުރަށް ވިދާޅުވީ ލަންޑަނުގައި ދިރިއުޅެމުންދާ ރާއްޖޭގެ ސިޔާސީ ބައެއްގެ މައްޗަށް އެކުލެވޭ ލަންޑަން ކުލަބުން އިދިކޮޅު އިއްތިހާދުގެ ނަމުގައި ރާއްޖޭގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން އެމްޑީޕީ ގެ ވަސް ފުހެވެމުން ދާ ކަމަށާއި, އޮގަސްޓު 12, 13 އަކީ މުޤައްދަސް ދުވަސްތަކެއް ގޮތުގައި ބަލާ ބަޔަކު މިގައުމުގާ ނެއްކަމަށެވެ.
އަލްހާން މިފަދަ ޓްވީޓެއް ކުރުމާ ގުޅިގެން އޭނާ އަށް ވަނީ އެމްޑީޕީގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. މިކަމާ ގުޅިގެން އަލްހާން ވިދާޅުވެފައިވަނީ އޭނާއަކީ އަދިވެސް އެމްޑީޕީގެ މެމްބަރެއް ކަމަށާއި, ނަމަވެސް އިދިކޮޅު އިއްތިހާދުގެ މެމްބަރެއް ނޫންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ