ނިއު އާއި ޓީސީ ބައްދަލުކުރާ މެޗެއް މިއަދު ހަވީރު !

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއުއިން، މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއެކީ މެޗެއް ކުޅެން ނިންމައިފިއެވެ.
މި މެޗު އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު، ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ. ޓީސީ އާއި ނިއުއަކީ މިދިޔަ ސީޒަނުގައި ވެސް ވަރަށް ވާދަވެރިކޮށް ފެނުނު ދެ ޓީމެވެ.
ނިއުއިން އަންނަ ސީޒަނާ ކުރިމަތިލަނީ ޒުވާން ސްކޮޑަކާއެކީ ކަމަށްވާއިރު، ޓީސީން ވަނީ ނިއުއަށް މިދިޔަ ސީޒަނުގައި ކުޅުނު މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ، އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އެ ކްލަބަށް ގެންގޮސްފައެވެ.
ނިއުއިން މި މެޗަށް ނިކުންނައިރު، އެޓީމު ވަނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު މިދިޔަ ހަފްތާގައި ކުޅެފައެވެ. ސިންގަޕޫރުގެ ބަލެސްޓިއާ ޚަލްސާއާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 2-2 އިން އެއްވަރުވެގެންނެވެ.
މި މުބާރާތުގައި ނިއުއިން ދެން މެޗެއް ކުޅޭނީ އަންނަ މަހުގެ އަށްވަނަ ދުވަހުއެވެ. ރަށުން ބޭރުގައި ކުޅޭ އެ މެޗުގައި ނިއު ބައްދަލުކުރާނީ ކަޔާއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ