އީރާނު ރެޕަޓުއާގެ މަގާމުގައި އިތުރު ހަ އަހަރަށް ޑރ.ޝަހީދު ހުންނެވުމަށް ފާސްކޮށްފި

އދ.އިން އީރާނަށް ކަނޑައަޅާފައި ހުންނަވާ ސްޕެޝަލް ރެޕަޓުއާ އޮން ހިއުމަން ރައިޓްސްގެ މަގާމުގައި ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ.އަހްމަދު ޝަހީދު އިތުރު ހަ އަހަރު ދުވަހުގެ މުއްދަތަކަށް ހުންނެވުމަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ފާސްކޮށްފިއެވެ.
2011 ވަނަ އަހަރުން ފެށިގެން އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބައްލަވައި ރިޕޯޓްކުރައްވާ ބޭފުޅެއްގެ ގޮތުގައި ހުންނެވި  ޑރ.ޝަހީދު އިތުރު ހަ އަހަރު ދުވަހުގެ މުއްދަތަށް އެމަގާމުގައި ހުންނަވަން ފެނޭތޯ ވޯޓް ވަނީ ނަގާފައެވެ.
އެ ވޯޓަ ނަގާފައި ވަނީ ސުވިޒަލޭންޑްގެ ޖެނީވާގައި އޮތް ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ 31 ވަނަ ސެޝަންގައެވެ. އެވޯޓްގައި ރާއްޖޭން ވަކި ކޮޅަކަށް ވޯޓެއް ނުދެއެވެ.
ޝަހީދާ އެއްކޮޅަށް ވޯޓްދިން ގައުމުތަކުގެ ތެރޭގައި ރާއްޖެއާ ވަރަށް އެކުވެރި ގައުމުތައް ހިމެނެއެވެ. އެގޮތުން އޭނާ މަގާމުގައި ހުންނަވަން ފެންނަ ކަމަށް ސައުދީ އަރަބިއްޔާ އާއި ގަތަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ވޯޓްދީފައިވެއެވެ.
ޝަހީދު ހުންނަވަން ފެންނަ ކަމަށް 20 ގައުމަކުން ވޯޓް ދިން އިރު އޭނާ އަށް ނޫނެކޭ ބުނެފައި ވަނީ 15 ގައުމަކުންނެވެ.
ރާއްޖެއާ އެކު އެވޯޓްގައި ވަކިކޮޅަކަށް ނުޖެހި ތިބީ 11 ގައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ