އެޑިއުކޭޝަން މިނިސްޓަރގެ ނައިބުގެ މަގާމުގައި ހުންނެވި ޔުމްނާ މައުމޫން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޔުމްނާ އިސްތިއުފާ ދެއްވާފައިވާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް އެކަމަނާ އިސްތިއުފާ ދެެއްވާފައިވާކަމަށް ވަގުތަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެޑިޔުކޭޝަން މިިނިސްޓަރގެ ނައިބު ކަމުގެ މަޤާމަށް ޔުމްނާ އައްޔަން ކުރައްވާފައިވަނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.
ޔުމްނާ އަކީ ރައީސުލް ޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލް ގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އެކަމަނާގެ ބައްޕާފުޅަކީ ރާއްޖޭގައި 30 އަހަރުދުވަހު ރައީސްކަން ކުރައްވާފައިވާ މައުމޫން އަބްދުލް ޤައްޔޫމެވެ.
ޔުމްނާ މައުމޫން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ