ހިލޭޓީވީ ވެބްސައިޓް މެދުވެރިކޮށް ވޯލްޑްކަޕްގެ މެޗުތައް ދައްކާނެ ކަމަށް އިއުލާންކޮށްފައިވަނިކޮށް އެ ސައިޓް ހުއްޓުވަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް)އަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ވީކިިހިނެއް؟ - އެކި ތަންތަނުން ޕައިރޭޓެޑް ޓީވީ ޗެނަލްތަކުގެ ލިންކު އެއްކޮށްގެން އާންމުންނަށް ފެންނަ ގޮތަށް ހިންގާ ހިލޭޓީވީ ވެބްސައިޓްގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މީޑިއާ ނެޓުންނެވެ.
ތަފްސީލް - މީޑިއާނެޓުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ:
ކާކުކަން ނޭނގޭ ގޮތަށް ހިންގާ ހިލޭޓީވީން މީޑިއާނެޓްގެ ފީޑުތައް ނެގުމަށް މަސައްކަތްކޮށް، އެ ވެބްސައިޓްގައި މޯލްޑިވްސް މީޑިއާނެޓްގެ ނަމުގައި ވަކި ކެޓަގަރީއެއް ހަދާފައިވޭ
ހިލޭޓީވީގެ ޓެލެގްރާމް ސަޕޯޓް ގްރޫޕުގައި މިދިޔަ ހަފުތާ ފޮނުވި މެސެޖެއްގައި މީޑިއާނެޓްގެ ފީޑުތައް ކާމިޔާބުކަމާއެކު އެ ސައިޓަށް ނެގިފައިވާ ކަމަށް ބުނެފައިވޭ
ފީފާ ވޯލްޑް ކަޕް ރާއްޖޭގައި ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް ހޯދައި، ސަބްލައިސެންސްގެ ދަށުން ޕީއެސްއެމަށް ނޮންކޮމާޝަލް އެންޓިޓީތަކަށް ވޯލްޑް ކަޕް ދެއްކުމުގެ ހުއްދަ ދީފައިވަނިކޮށް އެ ކަމުގެ ލައިސެންސެއް ނެތް ހިލޭޓީވީން އެ ދައްކާނެ ކަމަށް ބުނެފައިވޭ
ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ މީޑިއާނެޓުން އެދުނު ވަގުތީ އަމުރުގައި އެ ކަމަށް އެދެންޖެހޭ ޝަރުތުތައް ފުރިހަމަވާ ކަމަށެވެ. އެ ތަނުން އެދޭ ގޮތަށް، އެ މައްސަލަ ނިމެންދެން އާންމުން އެ ސައިޓަށް ނުވަދެވޭ ގޮތް ހެދުމަށް އެ އަމުރުގައިވެ އެވެ.
ވޯލްޑް ކަޕް ދައްކަން އުޅެނިކޮށް ސިވިލް ކޯޓުން ހިލޭޓީވީ ހުއްޓުވަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ