ފީފާ ވޯލްޑް ކަޕް 2026: މެކްސިކޯ - ސައުތު އެފްރިކާ| ޕްރިވިއު

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕް 2026 ފެށުމަށް މިވަނީ ހުރިހާ ތައްޔާރީއެއް ވެފައެވެ. މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމު ކަމަށްވާ މެކްސިކޯ، ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ނުކުންނާނީ ސައުތު އެފްރިކާއާ ދެކޮޅަށެވެ. މިއީ ޖުމްލަ 104 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި ފޯރިގަދަ މުބާރާތް ހުޅުވުމަށް ކުޅޭ ފުރަތަމަ މެޗެވެ. ތާރީޚީ ގޮތުން ބަލާއިރު، މިއީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވުނު ވޯލްޑް ކަޕްގެ ހުޅުވުމުގެ މެޗުގެ ރިޕީޓެކެވެ. އެފަހަރު މެޗު ކުޅުނީ ސައުތު އެފްރިކާގެ ދަނޑުގައެވެ. އަމިއްލަ ގައުމުގައި ކުޅޭތީ މެކްސިކޯ ޓީމަށް ސަޕޯޓަރުންގެ ބޮޑު ސަޕޯޓަކާއި ހިތްވަރެއް ލިބޭނެއެވެ. އަނެއްކޮޅުން، އެފްރިކާ ބައްރުގެ ކޮލިފައިން ގްރޫޕް ސީގެ އެއްވަނަ ހޯދައިގެން މުބާރާތަށް ކޮލިފައިވި ސައުތު އެފްރިކާއަކީ ފަސޭހައިން ބަލިކޮށްލެވޭނެ ޓީމެއް ނޫނެވެ. މެޗުގެ ތަފްސީލް ތާރީޚް: ބުރާސްފަތި، 11 ޖޫން 2026ކުޅެވޭ ގަޑި: 00:00 (ރާއްޖެ ގަޑިން)ދަނޑު: މެކްސިކޯ ސިޓީ ސްޓޭޑިއަމް (އެސްޓާޑިއޯ އަޒްޓެކާ) ދަނޑުގެ ތަފްސީލް: މެކްސިކޯ ސިޓީ ސްޓޭޑިއަމް މެޗު ކުޅުމަށް ހަމަޖެހިފައިވާ މެކްސިކޯ ސިޓީ ސްޓޭޑިއަމް-- މި ތާރީޚީ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއް ދަނޑު ކަމަށްވާ މެކްސިކޯ ސިޓީ ސްޓޭޑިއަމް (އެސްޓާޑިއޯ އަޒްޓެކާ) ގައެވެ. ' މިއީ ދުނިޔޭގެ ތާރީޚުގައިވެސް ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް މެޗުތައް ބާއްވާ ފުރަތަމަ ސްޓޭޑިއަމެވެ. މީގެ ކުރިން 1970 އަދި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗުތައް ކުޅެ، ޕެލޭ އާއި ޑިއޭގޯ މަރަޑޯނާ ފަދަ ލެޖެންޑުންގެ ކާމިޔާބީތައް މި ދަނޑުން ފެނިގެންގޮސްފައިވެއެވެ. މި މުބާރާތުގައި މި ދަނޑުގައި ޖުމްލަ 5 މެޗު ކުޅޭނެއެވެ. އޭގެ ތެރޭގައި މެކްސިކޯގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗާއި ތިންވަނަ މެޗުގެ އިތުރުން ނޮކްއައުޓް ބުރުގެ ދެ މެޗު ހިމެނެއެވެ. މެޗު ބަލަން 80,000 އަށްވުރެ ގިނަ ސަޕޯޓަރުން ދަނޑަށް ވަންނާނެ ކަމަށް ބެލެވެއެވެ. ލަފާކުރެވޭ ފުރަތަމަ އެގާރަ މެކްސިކޯ ( ފޯމޭޝަން :4-3-3) މެކްސިކޯ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ގޯލްކީޕަރު: ރަންހެލްޑިފެންޑަރުން: ގަޔާޑޯ، ވަސްކޭޒް، މޮންޓޭސް، ރޭޔެސްމިޑްފީލްޑަރުން: ގުޓިއެރޭޒް، ލީރާ، ފިޑާލްގޯފޯވާޑުން: ކީނިއޯނެސް، އަލްވަރާޑޯ، ހިމެނޭޒް ސައުތު އެފްރިކާ ( ފޯމޭޝަން 4-3-3) ސައުތު އެފްރިކާގެ ފުޓުބޯޅަ ޓީމު--ގޯލްކީޕަރު: ވިލިއަމްސްޑިފެންޑަރުން: މުދާއު، އޮކޮން، އެމްބޮކާޒީ، މޮޑީބާމިޑްފީލްޑަރުން: މޮކޮއޭނާ، ސިތޯލް، އެމްބާތާފޯވާޑުން: މޮރެމީ، ފޮސްޓާ، އަޕޮލިސް ހެޑް ޓު ހެޑް މީގެ 16 އަހަރު ކުރިން، ހަމަ ޖޫން 11 ވަނަ ދުވަހު، މި ދެ ޓީމު ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ހުޅުވި މެޗުގައި ސައުތު އެފްރިކާގެ ޖޮހޭނަސްބާގްގައި ބައްދަލުކޮށްފައެވެ. މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެ މެޗުގައި ސައުތު އެފްރިކާގެ ސިޕިވޭ ޝަބަލާލާ ޖެހި ހިތްގައިމު ގޯލުން ކުރިހޯދާފައިވަނިކޮށް، މެކްސިކޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެގައުމުގެ ލެޖެންޑް ރަފައެލް މާކޭޒްއެވެ. ޝައުގުވެރިކަމަކީ، މިފަހަރުގެ މުބާރާތުގައި ރަފައެލް މާކޭޒް ހުންނާނީ މެކްސިކޯ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. ކޯޗުންގެ ބަސްހާވިއޭ އަގީރޭ (މެކްސިކޯގެ ކޯޗު) މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެކްސިކޯގެ ކޯޗު-- "އަހަރެންގެ 50 އަހަރުގެ ފުޓްބޯޅަ ހަޔާތުގައި އަމިއްލަ ގައުމުގައި ވޯލްޑް ކަޕެއް ކުޅުމަށްވުރެ ބޮޑު އުފަލެއް އަދި އިހުސާސެއް ނުކުރެވޭ. އަހަރެން ގިނަ ކަންތައްތަކެއް ތަޖުރިބާކޮށްފިން، އެކަމަކު މިއީ ދުވަހަކުވެސް ހަނދާނުން ފޮހެލެވޭނެ ކަމެއް ނޫން. އަހަރެން ކުޅުންތެރިން ގާތުވެސް ބުނިން މިއީ ވަރަށް ވަރުގަދަ އިހުސާސެކޭ. އެމީހުން މިހާރު ތިބީ އެއް އާއިލާއެއް ފަދައިން ވަރަށް އެކުވެރިކޮށް، މެޗަށް ތައްޔާރަށް." ހޫގޯ ބްރޫސް (ސައުތު އެފްރިކާގެ ކޯޗު) ސައުތު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް-- "މެކްސިކޯއަކީ މި ގްރޫޕުގައި އޮތް އެންމެ ވަރުގަދަ ޓީމު. އެހެންވީމާ މި މެޗަކީ އަހަރެމެންނަށް ވަރަށް އުނދަގޫ މެޗަކަށް ވާނެ. އެކަމަކު އަހަރެންގެ ޓީމު އޮތީ ސައްތައިން ސައްތަ ތައްޔާރަށް. މެޗުގެ ފުރިހަމަ 90 މިނެޓުގައި ކޮންމެ ބޯޅައަކަށް އަދި ކޮންމެ ދިމާލަކުންވެސް އަހަރެމެން ހަނގުރާމަކުރާނަން. އޭގެ ފަހުން ވާގޮތެއް ބަލާނީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ