އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާ ވަގުތަށް 30 މިނެޓް އިތުރުކޮށްފި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާ ވަގުތަށް 30 މިނެޓް އިތުރުކޮށްފި އެވެ.
ވީކިހިނެއް؟ - މާދަމާ އޮންނަ އެމްޑީޕީގެ އެތެރޭގެ އެ އިންތިހާބުގެ ވޯޓުލުން ފުރަތަމަ ހަމަޖެހިފައި އޮތީ މެންދުރުފަހު 2:30 އިން ރޭގަނޑު 8 ޖަހަންދެނެވެ.
ތަފްސީލް - އެމްޑީޕީން މިރޭ ބުނީ އެ އިންތިހާބުގެ ވޯޓުލާ ވަގުތު ރޭގަނޑު 8:30އާ ހަމައަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
އިތުރު 30 މިނެޓް ދޭން ނިންމި ސަބަބެއް އެމްޑީޕީއަކުން ނުބުނެ އެވެ.
އެނގުން މުހިންމު - އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ:
ކެންޑިޑޭޓު ނަންބަރު 1، ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކެންޑިޑޭޓު ނަންބަރު 2، އިބްރާހީމް މުހައްމަދު (ވާޑު)
ކެންޑިޑޭޓު ނަންބަރު 3، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް
އެމްޑީޕީގެ އެތެރޭގައި ފެކްޝަންތަކުގެ ވާދަވެރިކަން ބޮޑެވެ. ނަޝީދުގެ ފެކްޝަނުން މަސައްކަތް ކުރަމުން ދަނީ އެންމެ ފަހުން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލްގެ ފެކްޝަނާ އެކީގަ އެވެ.
މީކާއިލްގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަނުންނެވެ. ނަމަވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާކަން ޝާހިދު އިއުލާންކުރައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ