ރައީސް ޔާމީނަށް ބޮޑުވެގެންވާ އަދަބެއް މިގައުމުގެ ރައްޔިތުން ދޭނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރޭ ގުޅިފައިވާ އިދިކޮޅު ފަރާތް ތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އިންތި ވިދާޅުވީ މިގައުމު މިދަނީ ދައުލަތެއްގެ ސިފައިން ނެއްޓެމުން ކަމަށާއި ދައުލަތުން ރައްޔިތުންގެ ހަށިފުރާނަ ރައްކާތެރި ކޮއްނުދެވޭއިރު މުޅި ބައިތުލް މާލު މިދަނީ ފޫވެއްޓެމުން ކަމަށެވެ.
"ދައުލަތެއްގެ ސިފަ މިގައުމުގަ ހުރި ނަމަ ބަޑި ގުދަން ސަލާމަތް ކުރެވުނީސް ބަޑި ގުދަނުގެ ފޫނުދުއްވާ ތޯ؟ ދުއްވާލި ދައުލަތެއްގެ ސިފައިން ނެއްޓި އިސްތިސްނާ ހާލަތަށް އެދިޔައީ" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މިހާތަނަށް ދައްކާފައި އޮތީ ރާއްޖެއަށް ނިރުބަވެރި ހަމަލާއެއްގެ ހާލަތު އަތުވެއްޖެ ނަމަ އެ ހަމަލާ އައީ ސަލާމަތީ ބާރުތަކުގެ ތެރެއިން ކަމަށް ސަރުކާރުން ބުނުމުން އެނގެނީ މި ދައުލަތް އޮތީ ހަމައިން ނެއްޓިފައި ކަމަށެވެ.
ކޮއްފައިވާ ހުރިހާ އައިރު ގާނޫނީ ހުރިހާ ކަމެއްގެ މައްޗަށް ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ވިދާޅުވެ އިންތި ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ރާއްޖޭގެ ހުރީހާ މުއަސަސާއެއް މިނިވަންކޮއް ރައީސް ޔާމީން ހާޒިރުކޮށް ރައީސް ޔާމީނަށް ބޮޑުވެގެންވާ އަދަބެއް ރައްޔިތުން ދޭނެކަމަށެވެ.
"ރައީސް ޔާމީނުގެ ސަރުކާރުގައި އެމަނިކުފާނު ކޮއްފައިވާ ހުރިހާ ޣައިރު ގާނޫނީ ހުރިހާ ކަމެއްގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ރާއްޖޭގެ ހުރީހާ މުއަސަސާއެއް މިނިވަންކޮށް އެމަނިކުފާނު ހާޒިރުކޮށް ބޮޑުވެގެންވާ އަދަބެއް މިގައުމުގެ ރައްޔިތުން އެމަނިކުފާނަށް ދޭނެ" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ މިހާރު މިދަނީ މި އަނިޔާވެރިކަން ނިންމަން ކަމަށާއި އެއީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށާއި މިއަނިޔާވެރިކަން ތާ އަބަދަށް މި ރާއްޖެއިން ފޮހެލާނެކަމަށެވެ.
ބޮޑުވެގެންވާ އަދަބެއް މިގައުމުގެ ރައްޔިތުން ރައީސް ޔާމީނަށް ދޭނެ - އިންތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ