ސިޓީތައް އެޑްރެސް ކުރަންވާނީ ފަނޑިޔާރު އަބްދުﷲ އަރީފަށް: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓަށާއި ޖުޑީޝަލް އެޑްމިނިސްޓްރރޭޝަން ސާވިސް އަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް ދެން އެޑްރެސް ކުރަންވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް ކަމުގައި ސުޕްރީމް ކޯޓުން ބުނެފި އެވެ.
އެކަން އެންގުމަށްޓަކައި މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މިކަން މިގޮތަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށެވެ.
“ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު (ސ. މީދޫ / އަލިވާގެ އަލްއުސްތާޛު އަބްދުﷲ ސަޢީދު ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި،އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު ޛށޝ-ޞ-ޝޞ/18/15  (08 ފެބްރުއަރީ 2018) ނިންމުމުން ނިންމާފައިވާކަން އެ ކޮމިޝަނުގެ ނަންބަރު 195-ޑ/197/2018/5 (08 ފެބްރުވަރީ 2018) ސިޓީއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންގާފައިވާތީ، “ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ޤަވާޢިދު” ގެ 6 ވަނަ މާއްދާފައި “ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ އުއްތަމަ ފަނޑިޔާރު އެވެ. އުއްތަމަ ފަނޑިޔާރަށް ޚާޞިރު ނުވެވޭނަމަ، އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ އުއްތަމަ ފަނޑިޔާރު ފިޔަވައި މަޖިލިސްގައި ހިމެނޭ އެންމެ ސީނިއަރ ފަނޑިޔާރު” ކަމަށް އޮންނަ އޮތުމަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/02/ށޝ (ރަސްމީ ސިޓީތަކުގައި ސޮއިކުރުމާއި ސިޓީ އެޑްރެސްކުރުމާބެހޭ) ސަރކިއުލަރއަށް ރިއާޔަތްކޮށް، 11 ފެބްރުވަރީ 2018 ވަނަ ދުވަހުން ފެށިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް އެޑްރެސްކުރަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަޑިޔާރު އަލްއުއްތާޛު އަބްދުﷲ އަރީފްއަށްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފީމެވެ.” ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ