ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރ ކަމަށް ޖަމީލާއި އުމަރު ނަސީރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ ގެ މަޤާމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަމަޖައްސަފައިފިއެވެ.
ޖަރުމަނުގައި ހުންނެވި ގާސިމް މިރޭ ފޯނުން ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޖަމީލާއި އުމަރު މިހާރު ޕޮލިޓިކަލް އެޑްވައިޒަރ ކަމަށް އައްޔަން ކުރައްވާފައިވާ ކަމުގައެވެ.
ޖަމީލާއި އުމަރު ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރ ކަމަށް އައްޔަން ކުރިއިރު، އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވީ މިދިޔަ އަހަރު ފަހުކޮޅު އެވެ. ޑރ ޖަމީލު ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންނެވީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.
ޖަމީލުއާއި އެކު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައިވަނީ ކުރީގެ ޔޫތު މިނިސްޓަރ މުހަންމަދު މަލީހު ޖަމާލާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރ އަބްދުﷲ އަމީނާއި ޑިފެންސްގެ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހަންމަދު އަހްމަދު މަނިކާއި އެމްއެންޑީއެފްގެ މެޑިކަން ޑޮކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޑރ ޝާހު މާހިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ