އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުން ގުބޯ ހެއްދުން

އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕް ރައްޔިތުންގެ މެދުގައި މަޝްހޫރުވެފައިވަނީ މޮޅެތި ވާހަކަ ދައްކައިގެން އަބަދުވެސް ރައްޔިތުން ގުބޯ ހައްދަން މަސައްކަތް  ކުރާ ބައެއްގެ ގޮތުގައެވެ. އެކަން އެންމެ ރަނގަޅަށް ސާބިތުވަނީ އަމިއްލައަށް އިސްތިއުފާދިން ރައީސް ނަޝީދުގެ ދިފާޢުގައި ޕާރޓީގެ ފަރާތުން ފަށާފައިވާ ހަރަކާތަށް ބަލާލުމުންނެވެ.
މަގުމަތިން ނަތީޖާ ނެރެން އެމްޑީޕީގެ ލީޑާޝިޕާއި އެކު ނިކުމެ އެތައް ރައްޔިތުންނެއް ‘ހަނާވެ’ ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ދާން ޖެހުނެވެ.  މަގުމައްޗަށް ނިކުމެ ޤައުމު ހަލަބޮލިކޮށްލައިގެން ޝަރުޢީ ކޯޓުތަކުގެ އަގުވައްޓާލުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ އެމްޑީޕީގެ ލީޑާޝިޕަށް އެކަން ހާސިލް ކުރެވޭ ގޮތެއް ނުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ