ބަލިވެގެން އަރަފާތު ބިމަށް ދިއުން ލަސްވި ހާޖީ ވެސް މިހާރު ހުރީ އެ ބިމުގައި ކަމަށް ރާއްޖޭގެ ހައްޖު މިޝަނުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ އެއް ހާޖީއަކު ފިޔަވައި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް މިއަދުގެ ފަތިހުގެ ވަގުތެއްގައި ވަނީ ގޮސްފަ އެވެ. އެހެން ހައްޖާޖީންނާ އެކު އޭނާއަށް އެ ބިމަށް ނުދެވުނީ، ސިއްހީ ސަބަބަކަށްޓަކައި މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހުމުންނެވެ.
ތަފްސީލް - އަރަފާތު ބިމަށް ދިއުން ލަސްވި މީހާ ވެސް އެ ބިމަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިއަދު ހެނދުނު ހައްޖު މިޝަނުން ބުންޏެވެ. އޭގެ ފަހުން، 11 ޖަހާކަށްހާއިރު ހައްޖު މިޝަންގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ހުރިހާ ދިވެހި ހައްޖާޖީން ވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށެވެ.
ހޮސްޕިޓަލުގައި ފަރުވާދޭންޖުހުނު އެ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް ބުންޏެވެ.
އެނގުން މުހިންމު - އިއްޔެ ހައްޖުވެރިން ހޭދަކުރީ މިނާގަ އެވެ. އަރަފާތު ބިމަށް ދިއުމަށް ހައްޖުވެރިން ދަތުރުފެށީ މައްކާ ގަޑިން ރޭ 9 ޖެހިއިރު އެވެ. މިއަދުގެ ހުރިހާ ވަގުތެއް ހައްޖުވެރިން ހޭދަކުރާނީ އަރަފާތު ބިމުގަ އެވެ. ހައްޖު ދުވަސް ނިސްބަތްވަނީ އަރަފާތު ބިމުގައި ފުރިހަމަކުރާ އަޅުކަމަށެވެ.
ރާއްޖޭން މި އަހަރު ހާހެއްހާ ދިވެހިން ހައްޖުގެ އަޅުކަން އަދާކުރެ އެވެ.
ބަލިވެގެން ދިއުން ލަސްވި ހާޖީ ވެސް މިހާރު ހުރީ އަރަފާތު ބިމުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ