ފުވައްމުލަކުގައި ބޯވަ ނަގަން ދިޔަ އަބްދުﷲ އަފްރާހުގެ ހާލު ދެރަވެ ފަރުވާދޭން ފަށައިފި
ޗެނަލް 13އަށް މައުލޫމާތު ދެއްވަމުން ޏ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ މުހައްމަދު ފަރުޒާދު ވިދާޅުވީ އެރަށު ގާވާ އުމުރުން ސާޅިސް ދެ އަހަރުގެ އަބްދުﷲ އަފްރާހުއަށް ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި ވެންޓިލޭޓަރ އެހީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް އެހެން ދިމާވެފައި ވަނީ ބޯވަ ނަގަންގޮސް މޫދުގައި އޮއްވާ އަކުނިވަޔަށް ދަމައި ގަތުމުގެ ސަބަބުން އެއްގަމަށް ގެނެސް ފަރުވާ ދިނުމަށްފަހު ދެވަނަ ފަހަރަށްވެސް ބޯވާ ނަގަން އުޅުމުގެ ތެރޭގައެވެ. އެގޮތުން އޭނާ ނުފެނި ގިނައިރު ވުމުން ހޯދަމުން ދަނިކޮށް އަފްރާހް ފެނިފައި ވަނީ ދެފެންދޭތެރޭގައި އޮއްވާ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އަފްރާހުގެ ގައިގާ ވިންދުވެސް ނެތް ކަމަށް ފަރުޒާދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ