އިމްރާންގެ ލީޑަޝިޕްގެ ދަށުން، މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅޭގޮތުން އެމްޑީޕީން ވެފައިވާ މައިގަނޑު ވައުދުތައް ފުއްދުމުގައި ހޯމް މިނިސްޓަރ ވަނީ ތަކުރާރުކޮށް ނާކާމިޔާބުވެފައެވެ. އެމްޑީޕީގެ އިންސާނީ ހައްގުތަކުގެ ސިޔާސަތުގެ މައިގަނޑު އަސާސް ކަމުގައިވާ ޖަލު އިސްލާހު ކުރުމުގެ މަސައްކަތް އޮތީ ހުއްޓިފައެވެ. ޖަލުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ޒަމާނީ އިތުރު ޖަލުތައް ބިނާކުރުމަށް ވީ ވައުދުތައް ފުއްދިފައެއް ނުވެއެވެ.
އިބޫގެ ސަރުކާރުގައި ހިނގި ގޯސްތަކުގެ ޒިންމާ ހަމައެކަނި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީގެ ބޮލުގައި އަޅުވައިގެން އެމްޑީޕީއަކަށް ރެކެވޭކަށް ނެތެވެ. މި ނުބައްދަލު ބާރުތައް ދެއްވި ރައީސުލްޖުމްހޫރިއްޔާއާއި، ވަޒީރުން ޒިންމާދާރުކުރުވުމުގައި ނާކާމިޔާބުވި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހާއި، އަދި ފަސް އަހަރު ވަންދެން އެއް މޭޒެއްގައި ތިއްބެވި އެމްޑީޕީގެ ކެބިނެޓް މެންބަރުން (މާރިޔާ ހިމެނޭ ގޮތަށް) އަކީ އެސަރުކާރުން ގައުމަށް ދިން ގެއްލުމުގެ ބައިވެރިންނެވެ. ސަރުކާރުގެ ކޮންޓްރޯލް ކޯލިޝަން ޕާޓްނަރުން އަތުލި ނަމަ، އެކަން އެގޮތަށް ވީ އެމްޑީޕީގެ ލީޑަޝިޕުން އެ ފުރުސަތު ދިނުމުންނެވެ.
މާރިޔާގެ ތުހުމަތު: އިބޫ ކުރީ އަދާލަތާއި ޖޭޕީގެ ވެރިކަމެއް، އެމްޑީޕީ އޮތީ އެކަހެރިކޮށްފައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ