ބޭންކުން މިގޮތަށް ނިންމިކަން އިޢުލާންކުރެއްވީ އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، ބޭންކަށް މިވަގުތު ގަންނަން ލިބޭ ޑޮލަރަށްވުރެ، ވިއްކަންޖެހޭ ޑޮލަރުގެ އަދަދު އިތުރުވަމުންދާތީ، ޑޮލަރު މެނޭޖްކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށެވެ.
އަލަށް ގެނެވުނު ބަދަލާއެކު، ރާއްޖޭގައި ތިބޭ މީހުންގެ ކާޑު، ކާޑުގެ ވެރިފަރާތާ ނުލައި ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުމެއް ނުކުރެވޭނެއެވެ. މީގެ އިތުރުން، ބޭރުގެ އޮންލައިން ފިހާރަތަކުން ނުވަތަ އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ވިޔަފާރިކުރުމުގައި ކޮންމެ ކަސްޓަމަރަކަށްވެސް ވަކި ޚާއްޞަ އުޞޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރަށް ފޮނުވައިގެން ބޭނުންނުކުރެވޭ ގޮތަށް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ