އިންޑިއާގައި ކްރޫޒް ބޯޓެއް ފެތި ހިނގި ހާދިސާ: މަންމަ މަރުވެފައި އޮތީ ދަރިފުޅުގައިގައި ހިފަހައްޓައިގެން

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބާގީ ޑޭމް ކައިރީގައި އޮންނަ ނަރުމަދާ ކޯރަށް ކްރޫޒް ބޯޓު ފެތި ހިނގި ހިތާމަވެރި ހާދިސާގައި މަންމަޔަކު ފިރިހެން ދަރިފުޅުގައިގައި ހިފަހައްޓައިގެން އޮއްވާ ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ. ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ މަންމައަކާއި އޭނާގެ ހަތަރު އަހަރުގެ ދަރިފުޅެވެ. އެ ދެމައިންނަކީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ނިސްބަތްވާ ހަތަރު މީހުންގެ އާއިލާގެ ދެމީހުންް ކަމަށް އިންޑިއާ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ނުވަ މީހުންގެ ފުރާނަ ގެއްލުނު ބިރުވެރި ހާދިސާގައި އެ އާއިލާއިން ސަލާމަތްވެވުނީ މަރުވި އަންހެން މީހާގެ ފިރިމީހާއާއި އެމީހުންގެ އަންހެން ދަރިފުޅެވެ. އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހާދިސާގައި ސަލާމަތްވި އެހެން މީހެއްގެ އަންހެނުންނާއި އޭނާގެ މަންމަވެސް ވަނީ އެ ހާދިސާގައި ގެއްލިފައެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ކުއްލިއަކަށް މޫސުން ގޯސްވުމުގެ ސަބަބުން ކްރޫޒް ބެލެންސް ނުވެ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަޑިއަށް ގޮސްގެންނެވެ. "އެއްވެސް މީހަކަށް ވާނުވާއެއްނެ ނޭނގޭ. އެންމެން ހަޅޭއްލަވަނީ. އެހީއަށް އެދި މީހުން ރޮމުން ދިޔައީ. އަހަރެން ވެސް ގެނބިގެން ދިޔައީ. ހީވީ މަރުވާން އުޅޭހެން." އޭނާ ބުންޏެވެ. ކޯރަށް ފެތުނު ބޯޓު. އޭ ހާދިސާގައި 9 މީހުން ވަނީ މަރުވެފައި. ފޮޓޯ/އެންޑީޓީވީ އެ ބޯޓުން ދަތުރުކުރި އެހެން މީހެއް ކަމަށްވާ ސައީދު ރިޔާޒް ހުސައިން އެންޑީޓީވީއަށް ބުނި ގޮތުގައި ކޯރުގެ ތެރޭގައި ހުރެ ދިރިހުރުމަށް ހަނގުރާމަ ކުރަމުން ދިޔައިރު ފެނުން މަތީގައި ފެންނަން ހުރީ ހަމައެކަނި އޭނާގެ ބޮލެވެ. ނޭވާލެވުނު ނަމަވެސް ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން އޮންނަން ޖެހުނު ކަމަށާއި، ކަރިއިން އޮޔާދާ ހަށިގަނޑުތައްވެސް ފެނުނު ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ސަލާމަތްވީ މީހުން ސަލާމަތްކުރަން އުޅުނު ބަޔަކަށް ފެނިގެން ކަމަށް ސައީދު ބުންޏެވެ. ހުކުރު ދުވަހުގެ ހެނދުނުގެ ނިޔަލަށް ކަމާބެހޭ ފަރާތްތަކުން 24 މީހަކު ސަލާމަތްކޮށްފައިވާ ކަމަށާއި ސަލާމަތް ކުރެވުނު މީހުންގެ ތެރެއިން 17 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު ފަސް ކުޑަކުދިން ހިމެނޭ ގޮތަށް އިތުރު ނުވަ މީހަކު އަދިވެސް އަންނަނީ ގެއްލިގެން ހޯދަމުންނެވެ. ގެއްލިގެން ހޯދާ މީހުންގެ ތެރޭގައި ސައީދުގެ އާއިލާ މީހުންވެސް ހިމެނެއެވެ. މީހުން ސަލާމަތްކުރާ ޓީމްތަކާއި، ފުލުހުން އަދި ސްޓޭޓް ޑިޒާސްޓާ ރެސްޕޮންސް ފޯސްގެ ޓީމުތަކުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ