ޒުވާނުންނާއި ރައްޔިތުން ނުކުމެ މެންބަރުންގެ އަރިއަހުގައި ގާނޫނު ބަދަލްކުރަން އެދޭނެ: މެންބަރު ޖަމީލްއުޘްމާން

2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިތުރު ވެރިއަކު އިންތިޚާބްކޮށް، ގައުމަށް އަންނަމުންދާ ތަރައްގީ ހުއްޓުވާލުމަށް އަދުގެ ޒުވާނުން ބޭނުން ނުވާކަމަށާއި، އެޒުވާނުން ބޭނުންވަނީ ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިޚާބް ކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާންވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމާއި ހަވާލުވެވަޑައިގެން ދިވެހިރާއްޖެއަށް ގެންނަމުންދާ ތަރައްގީއަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ މިއަދު ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިނަމަވެސް ތަރައްގީގެ ކޮންމެވެސް އެއް މަޝްރޫއެއް ކުރިއަށްދާތަން ފެނިގެންދާނެކަމަށާއި މިއީ މިއިން ދުވަހަކުވެސް ފެނިފައިވާ މަންޒަރުތަކެއް ނޫންކަމަށެވެ. އެހެންކަމުން މިތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންގޮސް ނިންމާލުމަށް ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިޚާބް ކުރަންޖެހޭކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ފިޔަވައި އިތުރު ވެރިއަކު ރާއްޖޭގެ ވެރިކަމަށް ގެނެސް، ޓެސްޓްކުރަން ގައުމުގެ ޒުވާނުންމިއަދުބޭނުންނުވާކަމަށެވެ.  ކުޅުދުއްފުށީ އެއާޕޯޓްގެ މަޝްރޫއަށް އިޝާރާތް ކުރައްވާ މިޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖަމީލް އުސްމާން ވިދާޅުވީ ރައީސް ޔާމީނަކީ ވައުދު ފުއްދަވާނެ ވެރިއެއްކަމަށާއި، ކުޅުއްދުއްފުށި ރައްޔިތުންނަށް ވެފައިވާ އެއާޕޯޓްގެ ވައުދު މިދައުރުގެ ތެރޭގައި ފުއްދަވާދެއްވާނެކަމަށެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށްޓަކައި ބޭނުންކުރާ މަހާޖައްރާފް ކުއްޔަށް ނެގުމަށް އަވަށްޓެރި ގައުމުތަކުން އެދެމުންދާކަމީ ރައީސް ޔާމީނުގެ ދުރު ވިސްނުން ދައްކުވައިދޭ ކަމެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ