މައިމީހާ އަނިޔާކޮށް މަރާލި ވ. ރަކީދޫ އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މައްސަލާގައި އިހުމާލުގެ ދައުވާ ލިބޭ މީހުންގެ މައްސަލަ ބެލުން ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ހައިލަމާ ހަވާލުކުރުމުން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެކަމާ ދެކޮޅުހަދައިފި އެވެ.
ޕީޖީ އޮފީހުން އެކަމަށް ދެކޮޅު ހެދީ އެއީ ހައިލަމްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށް ބުނެއެވެ.
ކުރިން މި މައްސަލަ ބެއްލެވީ ގާޒީ އަހްމަދު ޝަކީލް ފެމިލީ ކޯޓަށް ބަދަލު ކޮށްފައިވަނިކޮށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ޖެނުއަރީ 25 ގައި އައްޔަން ކުރި ހައިލަމަށް، މައްސަލަ ނުބެލޭނެ ކަމަށް ޕީޖީން ބުނަނީ މައްސަލާގައި ދައުވާ ލިބޭ ބައެއް މީހުންނާ ގާޒީ ހައިލަމާ ވަރަށް ގާތް ގުޅުންތަކެއް އޮތުމުގެ އިތުރުން ހައިލަމް ޕީޖީ އޮފީހުގައި މަސައްކަތް ކުރެއްވި އިރު ވެސް ދައުވާއާ މެދު ޚިޔާލު ތަފާތުވެފައި ވާތީ ކަމަށް ޕީޖީން ވަނީ ބުނެފަ އެވެ. ޕީޖީން ވަނީ މިދިޔަ ހަފުތާގައި ބޭއްވި ޝަރީއަތުގައި މިކަންކަން ފާހަގަކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިބްތިހާލަށް އަނިޔާކުރާ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުން އެ މައްސަލާގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ދައުވާ ލިބޭ ހަތަރު މީހުންގެ ތެރެއިން ތިން މީހަކާ ގާޒީ ހައިލަމްއާ ގާތް ގުޅުމެއް އޮންނަކަން ޕީޖީން ވަނީ ފާހަގަކޮށްފަ އެވެ. އިހުމާލުގެ ދައުވާ ލިބޭ މީހުންނަކީ ވ. އަތޮޅު ޕޮލިސް ކޮމާންޑްގެ އެކްޓިން ކޮމާންޑަރަކަށް ހުރި ލިސާން އަބޫބަކުރާއި އޭރު ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ރަޝީދާއި މުހައްމަދު ޝަކީބާއި އެ ހާދިސާ ހިނގިއިރު އެ މިނިސްޓްރީގައި މަސައްކަތްކުރި އައިމިނަތު ޝިޔާޒާ އެވެ.
އެންމެ ފަހުން އޮތް އަޑުއެހުމުގައި ވެސް ޕީޖީން މި ކަންބޮޑުވުންތައް ފާހަގަކުރި ނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ނިންމަވައިފަ އެވެ. ދެން އޮންނަ ޝަރީއަތެއްގައި އޮންނާނީ ހެކިން ހާޒިރުކުރުމެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އިބްތިހާލްގެ މަރުގެ ދައުވާއެއް ގާޒީ ހައިލަމް ބެލުމާ ޕީޖީން ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ