ޤައުމުގެ ހަމަޖެހުމާއި ލާބައަށް ޓަކައިވެސް ސްޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރުމަށް ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
ފުލުހުންނާއި ސިފައިންނަށް ރައީސް މައުމޫނު މިކަމަށް ގޮވާލެއްވީ މިއަދު ކުރެއްވި ޓްވިޓެއްގައެވެ.Once again I urge @MNDF_mv @PoliceMv and all independent institutions to implement the Supreme Court ruling to the full in order to uphold the rule of law and protect the peace and stability of the nation.— Maumoon Abdul Gayoom (@maumoonagayoom) February 2, 2018ރައީސް މައުމޫނު ވިދާޅުވީ ސްޕްރީމް ކޯޓްގެ އަމުރު ހިންގާ ޤާނޫނު ތަންފީޒުކުރުމަށް ސްޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައްވާ ކަމުގައެވެ.
ސްޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ބައެއް ސިޔާސީ ލީޑަރުންނާއި އެކު ނުވަ ފަރާތެއް މިނިވަން ކުރުމަށް އަމުރުކޮށްފައި ވެއެވެ. އަދި ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭކަމަށްވެސް ކޯޓުންވަނީ ރޭ ހުކުމް ކޮށްފައެވެ.
ޤައުމުގެ ހަމަޖެހުމަށް ސްޕްރީމް ކޯޓްގެ އަމުރު ތަންފީޒް ކުރޭ: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ