ފެނަކަ ކޯޕަރޭޝަނުން ބައެއް އަތޮޅުތަކުގައި ދެމުން އައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްތައް ގައުމީ ކަރަންޓް ކުންފުނި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯއިން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގައިވާ ރަށްތަކުގެ ހުރިހާ ޔޫޓިލިޓީ ހިދުމަތެއް ސްޓެލްކޯއަށް ބަދަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
"މިއީ ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްގީކޮށް، ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ޔޫޓިލިޓީ ނިޒާމަށް ސަރުކާރުން ގެންނަ ހެޔޮ ބަދަލުތަކުގެ ތެރެއިން ނިންމެވި ނިންމެވުމެއް،" ސްޓެލްކޯގެ ބަޔާނުގައިވެ އެވެ.
ތަފްސީލް - ރައީސްގެ އެ ނިންމުމާ ގުޅިގެން އަންނާނެ ބަދަލުތަކުގެ ގޮތުގައި ސްޓެލްކޯއިން ބުނީ:
ފެނަކައިން މިވަގުތު ހިދުމަތް ދެމުން އަންނަ ބ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން މ. އަތޮޅުގެ ރަށްތަކަށް ޔޫޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުވާނެ
އެއީ 25 ރަށުގެ ކަރަންޓް، ފެން އަދި ނަރުދަމާގެ ހިދުމަތް
މި ބަދަލާއެކު ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގެ އަދަދު ޖުމްލަ 61 ރަށަށް ފުޅާވެގެންދާނެކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ސްޓެލްކޯގެ ހިދުމަތް ފުޅާވާ ސަރަހައްދުތަކަކީ:
ގްރޭޓާމާލެ ސަރަހައްދު
ކ. އަތޮޅު
އއ. އަތޮޅު
އދ. އަތޮޅު
ވ. އަތޮޅު
ބ. އަތޮޅު (އަލަށް)
ޅ. އަތޮޅު (އަލަށް)
މ. އަތޮޅު (އަލަށް)
ފާހަގަކޮށްލެވޭ - 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ އުތުރާއި ދެކުނުގެ ޔުޓިލިޓީ ހިދުމަތްތައް ފެނަކައިގެ ދަށުގައި ބޭއްވުމެވެ. އެގޮތުން ފެނަކައިން އަދިވެސް 131 ރަށުގެ ޔުޓިލިޓީ ހިދުމަތްތައް ހިންގާނެ އެވެ.
ރަށްރަށުގެ އިންޖީނުގެތައް ސްޓެލްކޯއާ ހަވާލުކޮށް ފެނަކަ ކުޑަކޮށްލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ