ސާކް ކަރަންސީ ސްވޮޕް އޮނިގަނޑުގެ ތެރެއިން އިތުރު 319 މިލިއަން އެމެރިކާ ޑޮލަރު (30 ބިލިއަން އިންޑިއަން ރޫޕީސް) ރާއްޖެއަށް ދޫކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
މާލޭގައި ގާއިމުކޮށްފައިވާ އިންޑިއާގެ ހައިކޮމިޝަނުން އާންމުކުރި ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން، މި ފައިސާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ސާކް ސަރަޙައްދުގެ ޤައުމުތަކަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ ޚާއްޞަ ކަރަންސީ ސްވޮޕް ނިޒާމުގެ ފުރަތަމަ މަރުޙަލާގެ ދަށުންނެވެ.
މި ބޮޑު މާލީ އެހީތެރިކަމަކީ ފާއިތުވި 2024ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދިވެހި ސަރުކާރާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާ ދެމެދު ވެވުނު މުހިންމު އެއްބަސްވުމުގެ ނަތީޖާއެކެވެ.
މީގެ ކުރިން މި އޮނިގަނޑުގެ ތެރެއިން 2024ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ފޯރުކޮށްދިން 400 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
ނަމަވެސް، 2024 އިން 2027 އަށް ކަނޑައަޅާފައިވާ އާީ އޮނިގަނޑުގެ ދަށުން މިހާރު ހަމަޖައްސައިދިން ރޫޕީ ސްވޮޕް ފެސިލިޓީގައި، އިންޓްރެސްޓް ރޭޓާއި އެނޫންވެސް މާލީ ޝަރުޠުތަކަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ދީފައިވާނެކަން އިންޑިއާ ހައިކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާއިން ރާއްޖެއަށް 319 މިލިއަން ޑޮލަރު ދޭން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ