މި އަހަރު ފެށުނުފަހުން ފަތުރުވެރިކަމަށް 400 އަށް ވުރެ ގިނަ އެނދު އިތުރުކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިވަގުތު އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ ހުރީ 67,913 އެނދުގައެވެ. އެއީ ރިސޯޓުތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 45,101 އެނދާއި ގެސްޓް ހައުސްތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 16,651 އެނދާއި ހޮޓާތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2,654 އެނދާއި ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,507 އެނދެވެ.
އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތައް އަހަރު ފެށުނު އިރުގެ އަދަދުތަކަށް ބަލާއިރު، މި ތަންތަނުން 438 އެނދު އަލަށް އޮޕަރޭޝަނަށް ގެނެސްފައިވެއެވެ.
އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ އަދަދުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް 180 ރިސޯޓު، 939 ގެސްޓުހައުސް، 172 ސަފާރީ، 16 ހޮޓާ ހިމެނޭހެން ޖުމްލަ 1,307 ޓޫރިސްޓު ފެސިލިޓީއެއް މިހާރު ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ބެޑު ކެޕޭސިޓީއަކީ 68,899 އެނދެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 758,753 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 4.1 އިންސައްތައިގެ ދަށް އަދަދެކެވެ.
ފަތުރުވެރިކަމަށް 400 އަށް ވުރެ ގިނަ އެނދު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ