ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ 30 ޕަސަންޓު ދަށަށް ގޮސްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ސަރުކާރުގެ ހަރަދުތައް އަދިވެސް ހުރީ އިސްރާފު ބޮޑުކޮށް ކަމަށް ފާހަގަކުރައްވަމުންނެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ޓޫރިޒަމް އާމްދަނީ 30 ޕަސަންޓު ދަށަށް ގޮސްފައިވީ ނަމަވެސް، ސަރުކާރުގެ ހަރަދުތައް އަދިވެސް ހުރީ ނުތަނަވަސްވާހާ މަތީ މިންވަރެއްގައެވެ. އަދި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސަރުކާރުން ހަރުދަނާ ޕްލޭނެއް އެކުލަވައިލުން ކޮންމެހެން ބޭނުންތެރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާގެ ރިޒާވު ބޭންކުން ދިން ޑޮލަރު ސްވޮޕް ފެސިލިޓީއާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގެ އިގުތިސާދީ ހަމަޖެހުން އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ލިބޭ ބޮޑު އެހީތެރިކަމެއް ކަމަށެވެ. އަދި މިއީ އިންޑިއާގެ ‘ނެއިބަހުޑް ފަސްޓް’ ސިޔާސަތުގެ ދަށުން ދެމުންގެންދާ އެއްބާރުލުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ބަޖެޓަށް އެހީވުމަށް ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލުގެ ތެރެއިން، މިހާތަނަށް 50 މިލިއަން ޑޮލަރު ސަރުކާރުން ވަނީ އަނބުރާ ދައްކާފައެވެ. ދަރަނި ދެއްކުމުގެ ކަންކަން ކުރިއަށްދާ ގޮތް ސަރުކާރުން ބަލަމުން އަންނައިރު، މިފަދަ ފެސިލިޓީތަކަކީ އިގުތިސާދީ ގޮތުން ރާއްޖެއަށް މުހިންމު އިންތިޒާމުތަކެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
ޑިމޮކްރަސީ ހިނގާތަން ފެންނާތީ ވަރަށް އުފާވޭ: ރައީސް ނަޝީދު އައްޑޫ ހިމެނޭހެން ‘އިކޮނޮމިކް ކޮރިޑޯ’ އެއް ގާއިމްކުރުމުގެ މަސައްކަތް ނަޝީދު ފައްޓަވައިފި ޗާގޯސް މައްސަލަ: ޓްރަމްޕްގެ ބަހާމެދު ނަޝީދުގެ އާ ހިޔާލެއް ޕްރައިމަރީ އޮމާންކަމާއެކު ދިޔުމުން، ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ