އިއްޒަތްތެރި އިސްލާމީ ކަންކަމާ ބެހޭ ވަޒީރެވެ. ގަޔަށް ބާރުހެދުންލުމާއި ކަނދުރާ ފެންނަ ގޮތަށް ބުރުގާ އެޅުމާއި ބުމަހެދުން ފަދަ ކަންކަމުގެ ވާހަކަ ނޫނީ ހުތުބާގައި ދައްކާނެ ކަމެއް ނެތް ވަރަށް މުޖުތަމައު އިސްލާހުވެ ނިމުނީހެއްޔެވެ. ނުވަތަ މަނިކުފާނު ހިމެނި ވަޑައިގަންނަވާ ވަޒީރުންގެ މަޖިލީހުގައި ތިޔަ ވިދާޅުވާ ގޮތަށް ޒީނަތްތެރިކަން ފާޅުކުރައްވާ ވަޒީރު ބޭފުޅުންނަށް ފާޑުވިދާޅުވާން ބޭނުން ކުރައްވާ ޕްލެޓް ފޯމަކީ ހުކުރު ނަމާދާއި ހުކުރު ހުތުބާކަމަށް ހެއްދެވީ ހެއްޔެވެ.
ހަމަގައިމުވެސް ރައީސް މުއިއްޒަކީ ދީން ކުރިއަށް ނެރުއްވި ނެރުއްވީނުން ދެ ފައިންޕުޅު ކައިރި ނުކުރެއްވިގެން އުޅުއްވާ ވެރިއެކެވެ. އިއްޒަތްތެރި އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ހިމެނި ވަޑައިގަންނަވާ މުއިއްޒުގެ ދީނީ ސަރުކާރުގައި ބަދަނުން ބުރިވާ ވަރަށް ގަޔަށް ބާރު ހެދުން ތުރުކުރައްވާ، ކަނދުރާއާއި ކަރުދޮށާއި ކަންފަތާއި ބޯ ހާޔަށް އޮންނަ ކަނބަލުން ވަޒީރުންގެ ގޮތުގައި ތިއްބެވުމަކީ ދީނީ މިންގަޑުން ކިހާވަރެއްތޯއެވެ. އާއްމު މީހާ ގަޔަށް ބާރުހެދުންލުމާއި ކަނދުރާ ފެންނަ ގޮތަށް ބުރުގާ އެޅުމާއި ބުމަހެދުން ޖާހިލުންގެ ކަމަކަށްވާއިރު އެވައްތަރުގެ ވަޒީރު ބޭފުޅުންނާއި ސަރުކާރުގެ އެކިވަރުގެ ވެރިން ފައްތަވާނީ ކޮން ކެޓެގަރީއަކަށްތޯ ޑރ. ޝަހީމު ވިދާޅުވެ ދެއްވަން ވާނެއެވެ.
އިސްލާމީ ދައުލަތެއްގެ އެންމެ މަތީވެރިޔާ އާއި ވަޒީރުންނާއި އިސްވެރިން މަތި މައްޗަށް ދޮގުހަދައިގެން ސުވަރުގެ ކަށަވަރުވާ ގޮތެއް އޮވޭތޯއެވެ. ރިޝްވަތޭ ނުކިޔަސް ފައިސާއާއި އެހެނިހެން މަންފާތައް ހޯދައިދީގެން މަޖިލިސް މެންބަރުން ގަތުމާއި މަގާމާ ނުފޫޒުގެ ބޭނުންކޮށްގެން ވަޒީފާ ބަހައިގެންނާއި ފައިސާ ބަހައިގެން ވޯޓުގަތުން ހަލާލުވާ ގޮތެއް އޮތިއްޔާ އެގޮތެއްވެސް ޝަހީމު ވާނީ ކިޔުއްވާ ދެއްވާށެވެ.
ރޭވިގެން ދައުލަތުން ވައްކަން ކުރުމާ ހިޔާތްތެރިވުމާއި އިސްރާފުކުރުމަށް ރައީސަށް އިހުތިޔާރު ލިބޭ ދީނީ ހަމައެއް އޮތިއްޔާ އެކަންވެސް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ވިދާޅުވެ ދެއްވާށެވެ. އަނެއްކޮޅުން ދައުލަތު ނިޒާމުގެ ތެރެއިން ރިބާ ހުއްދަވާގޮތެއް ވާނީ ބުނެ ދެއްވާށެވެ.
ޑރ. ޝާހީމަށް: މުއިއްޒުގެ އަންހެން ވަޒީރު ބޭފުޅުންނަކީ ޖާހިލުންނޭތޯ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ