އައްޑޫގެ ބައެއް ސްކޫލްތަކުގައި ޕްރީ ސްކޫލް ހިލޭ

އައްޑޫގެ ބައެއް ސްކޫލްތަކުގައި އަންނަ އަހަރުން ފެށިގެން ހިލޭ ޕްރީ ސްކޫލް ގްރޭޑްތަކަށް ކިޔަވައިދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނީ މާލެ އާއި އައްޑޫގެ ބައެއް ޕްރީ ސްކޫލުތަކުގައި އަންނަ އަހަރުން ފެށިގެން ހިލޭ ކިޔަވައިދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހިލޭ ކިޔަވައި ދޭނީ އެލްކޭޖީ އާއި ޔޫކޭޖީ އަށް އެކަންޏެވެ.
މާލެ އާއި އައްޑޫ ފިޔަވައި އެހެން ރަށްރަށުގެ ޕްރީ ސްކޫލުތައް، އެ ރަށެއްގައި ސަރުކާރުން ހިންގާ ސްކޫލެއްގެ ދަށަށް ބަދަލުކޮށް މި އަހަރުން ފެށިގެން އަންނަނީ ހިލޭ ކިޔަވައި ދެމުންނެވެ.
މިނިސްޓްރީން އަންނަ އަހަރުން ފެށިގެން ގެންނަ މި ބަދަލާ ގުޅޭ އިތުރު ތަފުސީލު ފަހުން ހާމަ ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ