ރިޔާސީ އިންތިހާބް އެއްލަކިން ކާމިޔާބު ކުރާނަން: ރައީސް ވަހީދު

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބް އެއްލަކިން ކާމިޔާބު ކުރައްވާނެކަމަށް ކޯލިޝަންގެ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދުގެ ކޯލިޝަނުން "ގައުމައިގެން ކުރިއަށް" މިނަމުގައި ޅ ނައިފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެކޯލިޝަނަކީ މިހާރު އެންމެ ގިނަ މެމްބަރުންތިބި ކޯލިޝަންކަމުގައެވެ. އަދި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގައި މެމްބަރުން ނެތްވަރަށް ކޯލިޝަނުގައި މިވަގުތު މެމްބަރުން އެބަތިބިކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
"ކޯލިޝަނުގައި އެބަތިބި އެހެން ޕާޓީތަކަށްވުރެ ގިނަ މީހުން. އެހެންކަމުން އިންތިހާބު ކާމިޔާބުކުރާނީ އެއްލަކިން" ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ ކޯޓްތަކުގައި ތަޅުއަޅުވާ މަޖިލިސް ބަންދުކޮށް ކޯޓްއަތުގައި ހުޅުވަޖާމީހުން ވަކިކުރާނެކަމަށާއި އެމީހުން ބަލިކުރާނެކަމުގައެވެ. އަދި އެމީހުން ބަލިކުރާނީވެސް އެއް ލަކިން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަހީދު ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގެ ތިރީސް އަހަރާއި ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ފެނިފައިވާކަމުގައެވެ. އަދި ތިރީސް އަހަރާއި ތިން އަހަރު އަނބުރާ އިޔާދަކުރަން ރައްޔިތުން ބޭނުންނުވާކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ އެކަނި ނިކުމެ ކާމިޔާބު ކުރެވޭނެ އެއްވެސް ޕާޓީއެއް ނެތްކަމުގައެވެ. އަދި ޤައުމަށްޓަކައި އެންމެން އެކުގައި ނިކުތުމަށް މަސައްކަތް ކުރަންފެށުމުން އެކަމަށް ފާޑުކިޔާ ފަރާތަކީ ޤައުމަށް އިހްލާސްތެރިބައެއް ނޫންކަމަށްވެސް ރައީސް ވަހީދު މިރޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ