މާލޭަގައި ހުރި ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ހުޅުމާލޭގައި 14 ބުރީގެ ކޯޓު ކޮމްޕްލެކްސްއެއް ތަރައްގީކުރަން މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެކީ ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި "މާލެ ކޯޓު ކޮމްޕްލެކްސް" ގެ ނަން ދެވިފައިވާ މި ޕްރޮޖެކްޓުގެ ދަށުން މި އެއްބަސްވުމުގެ ދަށުން ތަރައްގީ ކުރެވޭ އިމާރާތް ފަރުމާކޮށްފައި ވަނީ މާލޭގައި ހުންނަ ކޯޓުތަކަށް ބޭނުންވާ ޖާގަތައް ހުންނާނެ ގޮތަށެވެ. އޭގެ ތެރޭގައި ހައި ކޯޓާއި، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި، ޑްރަގް ކޯޓާއި، ޖުވެނައިލް ކޯޓު ހިމެނެ އެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
އޭގެ އިތުރުން ކޯޓުތަކުގެ އިދާރީ ކަންކަން ބަލަހައްޓާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމަށް ބޭނުންވާ ޖާގަ ވެސް ހުންނާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރާ އެމްޓީސީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތް ތަރައްގީ ކުރަނީ 29،490 އަކަފޫޓުގެ ސަރަހައްދެއްގައި ކަމަށެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 699.86 މިލިއަން ރުފިޔާއަށް 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެމްޓީސީސީން ބުނީ މި ކޯޓު ކޮމްޕްލެކްސް އިމާރާތްކޮށް ނިމުމާއެކު، ޝަރުއީ ނިޒާމުގެ ތެރެއިން ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެން ދާނެ ކަަމަށެވެ.
ޝަރުއީ ދާއިރާއަށް ހާއްސަކޮށްގެން އިމާރާތެއް ތަރައްގީކުރާއިރު، ކޯޓުތައް ހުންނަނީ ވަރަށް ދުވަސްވީ، ބާ އިމާރާތްތަކުގަ އެވެ. މި އިމާރާތްތަކުގައި ޖާގައިގެ ދަތިކަން ބޮޑުވެ، ކޯޓުތަކުގެ ޝަރީއަތްތައް ދިގުލައިގެންދާ މައްސަލައަށް ވެސް ވަނީ އިތުރު ލަސްކަމެއް އައިސްފަ އެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ހުޅުމާލޭގައި ކުރިން ކޮވިޑު ފެސިލިޓީގެ ގޮތުގައި ބޭނުންކުރި އިމާރާތް ވެސް ވަނީ ބައެއް ބަދަލުތައް ގެނެސް، މަރާމާތު ކުރުމަށް ފަހު ބޭނުންކުރަން ފަށާފަ އެވެ. މި ތަން ބޭނުންކުރަނީ ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުންނެވެ.
ހުޅުމާލޭގައި 14 ބުރީގެ ކޯޓު ކޮމްޕްލެކްސްއެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ