ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ އަހުވަންތަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގައި ސައުދީގެ އިންވެސްޓްމަންޓްތައް އިތުރުކުރުމާ ގުޅޭގޮތުން މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
ޕްރިންސް ޑރ. މަންސޫރު ރާއްޖެއަށް މިކުރައްވާ ދަތުރުފުޅަކީ، ރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިހްތިފާލުތަކުގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ފަރާތްޕުޅުންނެވެ.
ސައުދީގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ