މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުން އެމްޓީސީސީއަށް

ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މާލޭގެ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
ސަރުކާރުން ޤަބޫލުކުރައްވާ ގޮތުގައި މި އިމާރާތް ނިމުމުން، ޝަރުޢީ ނިޒާމުގެ ތެރެއިން ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް މިހާރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބި، ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެއެވެ. މި މަސައްކަތް ހަވާލުކުރި އެމްޓީސީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގަމުންދާ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ