ރީ ބްރޭންޑްކޮށް ރާއްޖެ ރޭޑިއޯގެ ނަމަށް ނަން ބަދަލުކުރި ކުރީގެ ދިވެހި ރާއްޖޭގެ އަޑާއި އެމްއެންބީސީ ވަންގެ ނަމަށް ނަން ބަދަލުކުރި ކުރީގެ ޓީވީ މޯލްޑިވްސްއާ ދެ ތަނުގެ ނިއުސް ރޫމް އެއްކޮށްލުމަށް ފަހު ދެ ތަނުގެ ހެޑް އޮފް ނިއުސް އެންޑް ކަރަންޓް އެފެއާޒުގެ މަގާމު މީޑިއާ ކައުންސިލްގެ ނާއިބު ރައީސް އަހުމަދު އަބްދުﷲ އަށް ދެއްވައިފި އެވެ.
އެމްއެންބީސީ ވަންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ހަލީލު މިއަދު ވިދާޅުވީ ދެ ނިއުސްރޫމް އެއްކޮށްލީ މިދިޔަ މަހުން ފެށިގެން ކަމަށާއި ނަމަވެސް ދެ ތަން ހެޑް ކުރުމަށް، ޑިރެކްޓަރު އޮފް ނިއުސް އެންޑް ކަރަންޓް އެފެއާޒުގެ މަގާމު އަހުމަދަށް ދެއްވީ އިއްޔެ އިން ފެށިގެން ކަމަށެވެ.
އަހުމަދަށް ދެ ތަނުގެ ހެޑް ނިއުސް އެންޑް ކަރަންޓް އެފެއާޒުގެ މަގާމު ދެއްވި އިރު، އެމްއެންބީސީ ވަންގައި ހެޑް އޮފް ކަރަންޓް އެފެއާޒުގެ މަގާމުގައި ފައްޔާޒު ފައިސަލް ހުންނަވަ އެވެ. އަދި އަޑުގެ ނިއުސް އެންޑް ކަރަންޓް އެފެއާޒުގެ ކަންތައްތައް ބަލަހައްޓަވަނީ، އެޑިޓަރު މުހައްމަދު ޖިނާހު ކަމަށް ހަލީލު ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ އެ ބަދަލު ގެނައީ ދެ ތަނުގައި އެއް ނިއުސް ރޫމް ގާއިމުކޮށް ދެ ތަނުގެ ހަބަރާއި ޕްރޮގްރާމްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް ރިސޯސް ހިއްސާ ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ދެ ތަން އެއްކޮށްލައި އެއް ފުރާޅެއްގެ ދަށުން ދެ ތަން ހިންގަން ފެށުމުން ޕޮލިސީ އަށް އަންނާނީ ކޮން ބަދަލެއްތޯ ދެންވުމުން އަހުމަދު ވިދާޅުވީ އޭނާ އަކީ ޕޮލިސީ ކަނޑައަޅާ މީހެއް ނޫން ކަމަށާއި ޕޮލިސީ ނިންމާނީ ކުންފުނިން ކަމަށެވެ.
"އަޅުގަނޑުގެ މަސްއޫލިއްޔަތަކީ ދެ ނިއުސްރޫމް އެއްކޮށްލައި ނޫސްވެރިން މަސައްކަތް ކުރުމަށް ފަހި މާހައުލެއް ގާއިމު ކުރުން. ޕޮލިސީ ކަނޑައަޅާނީ ކުންފުނިން."
އަޑާއި ޓީވީގެ ހެޑް އޮފް ކަރަންޓް އެފެއާޒުގެ މަގާމު މީޑިއާ ކައުންސިލްގެ ނައިބު ރައީސަށް ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ