މޫސުން ގޯސް، ބޮޑު ސަރަަހައްދަކަށް ވައިޓް އެލާޓް

ރާއްޖެއަށް މޫސުން ގޯސްވެއްޖެއެވެ. މެޓް އޮފީހުން މިއަދު ވަނީ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ވެސް ނެރެފައެވެ. 
ވައިޓް އެލާޓް ނެރެފައިވަނީ ނ. އަތޮޅުން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު 10:00 އިން މެންދުރު 15:00 އާ ހަމައަށެވެ.
އެލާޓް ނެރެފައިވާ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެއެވެ. 
މިހާރު ވެސް މާލެއަށް ބޯކޮށް ވާރާވެހި، ގުގުރަމުންދެއެވެ. 
ކުރިއަށް އޮތް 24 ގަޑިއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓްއިން ވަނީ ލަފާކޮށްފައެވެ. 
މެޓް އޮފީހުން ބުނި ގޮތުގައި އުތުރާއި މެދުރާއްޖެތެރެ އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އަދި ރާޅުގެ އުސްމިން އުޅޭނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ