އެމެރިކާގެ އެންޓި ޓެރަރިޒަމް އެސިސްޓަންސް ޔުނިޓުން ދިވެހި ފުލުހުންނަށް ހާއްސަ ތަމްރީންތަކެއް ކުރިއަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މެއި 22 އިން ފެށިގެން ޖޫން 4 އަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަމްރީން ކުރީ އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރާނެ ގޮތްތައް ދަސްކުރުމަށް ކަމަށެވެ.
"މި ޓްރެއިނިން ސެޝަންތަކުގައި އިންޑޯ އަދި އައުޓްޑޯގައި ފާރަ މަސައްކަތް ކުރާ ގޮތުގެ ޑެމޮންސްޓްރޭޝަންތަކާ އެކު ތަމްރީނުދީފައިވޭ،" ފުލުހުން ބުންޏެވެ.
އެމެރިކާގެ ވެޓިރެނަރީ ހާއްސަ ޑޮކްޓަރުގެ އިރުޝާދާއެކު ފަސްޓްއެއިޑް ހުނަރުތައް ދަސްކޮށް، ކުއްތާ ބޭނުންކޮށްގެން އުޅަނދު ބަލައި ފާސްކުރާނެ ގޮތް ވެސް ދަސްކޮށްފައިވެ އެވެ.
ފުލުހުން ބުނީ މި ތަމްރީން ހިންގީ އެމެރިކާގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓަންސް ޓީމުން ކަމަށެވެ.
އެމެރިކާގެ އެންޓި ޓެރަރިޒަމް އެސިސްޓެންސް ޔުނިޓުން ފުލުހުންނަށް ތަމްރީން ހިންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ