ގޭމްގެ ރައީސް ކަމަށް ކުރިމަތިލީ ކާނި އަބްދުﷲ އެކަނި

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޮވަން ހުޅުވާލުމުން ރައީސްގެ މަގާމަށް ކުރިމަތިލީ، އެ ޖަމިއްޔާގެ ފައުންޑަރެއް ކަމަށްވާ އަބްދުﷲ ނަސީދު އެކަންޏެވެ،
ގެސްޓްހައުސް ސިނާއަތް ތަމްސީލް ކުރާ ޖަމިއްޔާ ގޭމް އިން ބުނި ގޮތުގައި ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑި މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހަމަވީއިރު އެކި މަގާމުތަކަށް ކުރިމަތިލާފައި ވަނީ ހަތް ފަރާތެކެވެ. ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ ހަމައެކަނި، ކާނި ގްރޭންޑް ސީވިއު ތަމްސީލް ކުރާ އަބްދުﷲ ނަޝީދެވެ.
އެހެންކަމުން މި މަގާމަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ ގޭމްގެ ރައީސްކަން އޮޓަމެޓިކުން އަބްދުﷲ އަށް ލިބޭނެ އެވެ. ގޭމްއަށް އާ ރައީސަކު ނަގަނީ ކުރިން އެ މަގާމުގައި ހުންނެވި ޔޫއައި ހޮޓެލްސްގެ އަހުމަދު ނާސިހު އިސްތިއުފާ ދެއްވުމުންނެވެ.
މަގާމުތަކަށް ކުރިމަތިލި ފަރާތްތައް
ހަމްޒާ ގާސިމް: ޕޮއިންޓް އިން (ނައިބް ރައީސް)އަބްދުﷲ ނަޝީދު: ރަސްދޫ އެޓޯލްސް ރެސިޑެންސް (ސެކްރެޓަރީ ޖެނެރަލް)ސައުދުﷲ އަހުމަދު ދީދީ: ތްރީ އިން (ސެކްރެޓަރީ ޖެނެރަލް)ރާއިފް ޝާޒް ވަލީދު: ދި އަކޫޒް (ކޯޕަރޭޓް އެފެއާޒް)އަހުމަދު ވަހީދު: ނޫމޫ (އެކްސްކޯ މެންބަރު)އަހުމަދު ސާމިހް: އެރީނާ ގްރޭންޑް ބީޗް (ސެކްސްކޯ މެންބަރު)
މި މަގާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކާއެކު ގޭމްގެ އިންތިހާބު އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުގެ އެވެ.
ގެސްޓްހައުސްއަށް އާ ބޯޑަކާއި އެކްސޯއެއް ނަގާއިރު، ކޮވިޑް-19 އަށްފަހު ގެސްޓްހައުސް ވިޔަފާރި މިމަހުގެ 15 އިން ފެށިގެން ވަނީ ހުޅުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ