ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 20) - މަޓެއުސް ކޫންޏާގެ ލަނޑުުތަކާ އެކު 3-0 އިން ހައިޓީ ބަލިކޮށް މި ފަަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލުން ހޯދި ފުރަތަމަ މޮޅާ އެކު ގްރޫޕް ސީގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
މި މެޗަށް ބްރެޒިލުން ނުކުތުމުގެ ކުރިން، ސްކޮޓްލެންޑްގެ މައްޗަށް މޮރޮކޯ އިން ވަނީ 1-0 އިން ކުރިހޯދައިފަ އެވެ. މޮރޮކޯ އިން ވަނީ ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުކޮށްފަ އެވެ. އަނެއްކޮޅުން، ސްކޮޓްލެންޑުން މި ފަހަރުގެ މުބާާރާތް ފެށީ 1-0 އިން ހައިޓީ ބަލިކޮށްގެންނެވެ.
ގްރޫޕް ސީގެ އެއް ވަނައިގައި ބްރެޒިލް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މޮރޮކޯ އަށް ވެސް ދެ މެޗުން ހަަތަރު ޕޮއިންޓް ލިބިފައިވާއިރު، ބްރެޒިލަށް ކުރި ލިބެނީ ލަނޑުގެ ތަފަތުންނެވެ. ތިން ވަނައިގައި އޮތް ސްކޮޓްލެންޑަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ހައިޓީ ދެ މެޗުން ބަލިވުމުން ޕޮއިންޓެއް ނުލިބެ އެެވެ.
ބްރެޒިލުން މި މެޗަށް ނުކުތީ ފުރަތަަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެ ގޮތުން، މައިގަނޑު އެއް ބަދަލަކީ، އީގޯ ތިއާގޯގެ ބަދަލުގައި، ކޫންޏާ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މެޗު ފަށައިގެން ބްރެޒިލްގެ އެޓޭކް ހުއްޓުވަން. ހައިޓީގެ ޑިފެންޑަރުން ރަނގަޅު މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް އެ ހިފަހައްޓައިލެވުނީ، 23 މިނިޓާ ހަމައަށެވެ. އެއީ، ހައިޓީގެ ޑިފެންޑަރުން، އޭރިއާތެރެއިން ޑިފެންސް ކުރަން އުޅުނު ބޯޅައެއް ކޫންޏާ ގައިގައި ޖެހިފައި އަމާޒުވީ ގޯލަށެވެ.
މެޗުގެ 36 ވަނަ މިނިޓްގައި ބްރެޒިލަށް ދެ ވަނަ ލަނޑު ޖަހައިިދިނީ ވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޫންޏާ އެވެ. މިއީ، ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުން، ހަނި އޭންގަލުން ގޯލުގެ މަތީ ކަަނަށް ބޯޅަ ފޮނުވާލައިގެން ކޫންޏާ ޖެހި ގޯލެކެވެ. އަދި، އެ ގޯލާ އެކު އިތުބާރު ހޯދައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެޒިލުން ތިން ވަނަ ލަނޑު ޖެހި އެވެ. މިއީ، ލޫކަސް ޕަކޭޓާ މަތިން ނަގައިދިން ބޯޅައަކަށް އަރައި، އޭރިއާތެރެއަށް ވަދެ، ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ވިނީޝިއުސް ޖެހި ލަނޑެކެވެ.
ސައުވީސް އަހަރު ތެރޭ ވޯލްޑް ކަޕްގެ މެޗެއްގެ ފުރަތަމަ ހާފުގައި ބްރެޒިލުން ތިން ލަނޑާ އެކު ނިންމާލިއިރު، މި މެޗުގައި އެ ޓީމަށް ދެރައަކާ ކުރިމަތިލާން ޖެހުނެވެ. އެ ގޮތުން، ރަފީނިއާ އަށް ލިބުނު އަނިޔާއަކާ ހެދި އޭނާގެ ބަދަލުގައި، ރަޔާން ވަނީ ކުޅެން އަރައިފަ އެވެ.
ދެ ވަނަ ހާފުން ބްރެޒިލުން ކުރިއަށްޖެހިގެން އެޓޭކްކޮށް އިތުރު ގޯލެއް ޖެހޭތޯ މަސައްކަތްކުރަމުންދިޔަ އެެވެ. އަނެއްކޮުޅުން ހައިޓީން ކުރި އެޓޭކެއްގައި، ލިބުނު ކޯނަރަކުން އައި ހުރަހެއްގައި އެ ޓީމުގެ ރިކާޑޯ އަޑޭ ބޮލުން ފޮނުވާލި ބޯޅަ ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.
ބަދަލަކަށް ކުޅެން އެރި ބްރެޒިލްގެ 19 އަަހަރުގެ ފޯވާޑް އެންޑްރިކް ޖެހި ގޯލެއް ވަނީ އޮފްސައިޑަށް ދިދަ ނަގައި، ބަލައިނުގަންނަން ނިންމައިފަ އެވެ.
ކޫންޏާގެ ލަނޑުތަކާ އެކު މޮޅުވެ ބްރެޒިލް ގްރޫޕް އެއް ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ