ނަހުލާ ވެސް ގޯސްކޮށް ކަމެއް ކުރައްވައިފިނަމަ ގޯހޭ ބުނާނަން: ގާސިމް

އަނބިކަނބަލުން ނަހުލާ އަކީ މި ސަރުކާރުގެ މިނިސްޓަރެއްކަމަށް ވިޔަސް ގޯސް ކަމެއް ކޮށްފި ނަމަ ގޯހޭ ދަންނަވާނެކަމަށާ ސަރުކާރަށް ފާޑު ނުކިޔަނީ ނަހުލާއަކީ މި ސަރުކާރުގެ ވަޒީރަކަށް ވުމުން ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ވިދާޅުވެއްްޖެއެވެ.
ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ގާސިމަށް ހުށައެޅުނު ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ މިނިސްޓަރު ނަހުލާ ވެސް ކަމެއް ގޯސްކޮށް ކުރައްވައިފިނަމަ ގޯހޭ ދަންނަވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ގައުމަށް މިވަގުތު ވަމުން އަންނަ ގޮތަށް ބަލާއިރު، ވާހަކަތަކެއް ދައްކައި ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް އެއްވެސް ބަޔަކާއެކީގައި ދާން ބޭނުން ނުވާ ކަމަށެވެ. އަދި  މިވަގުތު ބޭނުން ވަނީ ގައުމުގެ މަސްލަހަތާއި، އަމާންކަމާއި، އަޚްވަންތަކަން ދަމަހައްޓައި ނަގަހައްޓައިގެން ގައުމާއި ރައްޔިތުން ސަލާމަތުގެ އައްސޭރިއަކަށް ދަތުރުކުރުންކަމަށް ގާސިމް ވިދާޅުވި އެވެ.
“އެ ނޫން އެހެން ކަމެއް މިވަގުތަކު ނެތް. އަޅުގަނޑު އެއްޗެއް ބުނަން ބޭނުން ނުވަނީ އެހެން ވެގެން. އަޅުގަނޑުގެ އަނބިކަމަނާ އެގޮތުގައި މަގާމެއްގައި ހުރުމަކީ އެއްގޮތަކަށް ވެސް އަޅުގަނޑު ބުނަންޖެހޭ އެއްޗެއް ނުބުނެ ހުންނާނެ ސަބަބެއް ނޫން. އަޅުގަނޑު ބުނަން ޖެހިއްޖެ އެއްޗެއް އަބަދުވެސް މިހާ ހިސާބަށް ބުނެފައިކަން އޮންނާނީ ރައްޔިތުންނަށް އެނގޭނެ.” ޤާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ