މޯލްޑިވްސް މާކެޓާސް ފޯރަމްގައި މާކެޓިންގެ ދާއިރާގެ ތަޖުރިބާކާރުން އެއް ތަނަކަށް

"މޯލްޑިވްސް މާކެޓާސް ފޯރަމް"ގައި މާކެޓިން ދާއިރާގެ ތަޖުރިބާކާރުން އެއް ފުރާޅެއްގެ ދަށަށް ގެންނާނެ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެފި އެވެ. "މޯލްޑިވްސް މާކެޓާސް ފޯރަމް"އަކީ ކޯޕަރޭޓް މޯލްޑިވްސް އިން އިސްނަގައިގެން ބާއްވަން ހަމަޖެހިފައިވާ ފޯރަމް އެކެވެ. އެ ފޯރަމްގެ ފުރަތަމަ ބައްދަލުވުން އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ދަރުބާރުގޭގަ އެވެ. މާކެޓާސް ފޯރަމްއަކީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ލީޑަރުންނާއި މާކެޓިންގައި މަސައްކަތް ކުރާ ފަރާތްތައް ހިމަނައިގެން، އެމީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ ތަފާތު އަދި އީޖާދީ ފޯރަމެއްކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުންޏެވެ. އެ ފޯރަމްގައި މައިގަނޑު ތިން ދާއިރާއަކަށް ބަހާލައިގެން، މާކެޓިންގައި ގެންގުޅެންވީ އުސޫލުތަކާއި ޓެކްނޮލޮޖީ އާއި ސައިކޮލޮޖީ އަށް އަލި އަޅުވާލާނެ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުންޏެވެ. އެ ދާއިރާތަކަށް އަލި އަޅުވާލައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ބޭފުޅުން؛ ސްރީލަންކާ އިންސްޓިޓިއުޓް އޮފް މާކެޓިންގެ ކޮންސަލްޓެންޓް، ޕަރަސަންނަ ޕެރޭރާ: ޕަރަސަންއަކީ ސްރީލަންކާގައި "މާކެޓިން ގުރޫ"ގެ ނަމުން މަޝްހޫރުވެފައިވާ މާކެޓިންގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. ވޭތުވެ ދިޔަ 25 އަހަރުގައި އޭނާ ވަނީ 20000 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީންކޮށްފަ އެވެ. އަދި 300 އަށް ވުރެ ގިނަ ކުންފުންޏާއި 15000 އަށް ވުރެ ގިނަ މީހުންނަށް މާކެޓިން ދާއިރާގައި ކޮންސަލްޓޭޝަން އޭނާ ވަނީ ދީފަ އެވެ. ސްރީލަންކާ އިންސްޓިޓިއުޓް އޮފް މާކެޓިންގެ ކޮންސަލްޓެންޓް، ޕަރަސަންނަ ޕެރޭރާ-- ކޮލޮމްބޯ އިންސްޓިޓިއުޓް އޮފް ރިސާޗް އެންޑް ސައިކޮލޮޖީގެ ފަރާތުން، ޔޮޝިނީ ކޮރޭޝި: ޔޮޝިނީ ކޮރޭޝިއަކީ ސްރީލަންކާގެ ސައިކޮލޮޖީގެ ދާއިރާގައި އެންމެ ތަޖުރިބާކާރު އެންމެ ފުންނާބު އުސް އެއް އެއް ބޭފުޅާ އެވެ. އަދި ބިޒްނަސް ސައިކޮލޮޖީގެ މުހިއްމުކަމާ މެދު ވިޔަފާރިތައް ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވާ މަދު މީހުންގެ ތެރޭގައި ޔޮޝިނީ ހިމެނެ އެވެ. ކޮލޮމްބޯ އިންސްޓިޓިއުޓް އޮފް ރިސާޗް އެންޑް ސައިކޮލޮޖީގެ ފަރާތުން، ޔޮޝިނީ ކޮރޭޝި-- ތިންކް އެޑްވަޓައިޒިންގެ ސީއީއޯ، އަދީލް އިސްމާއިލް: އަދީލް އަކީ ތިންކް އެޑްވަޓައިޒިންގް ކޯފައުނޑާ އަދި ސީއީއޯ އެވެ. އުފެއްދުން ތެރިކަމުގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި އަދްލީއަކީ ވިޔަފާރި ކުންފުނިތަކުގެ މެދުގައި މަގުބޫލު ވެރިޔެކެވެ. ރާއްޖެ މަޝްހޫރުވެފައިވާ "ސަނީ ސައިޑް އޮފް ލައިފް"އެ ބްރޭންޑާ އެކު މަޝްހޫރު ބްރޭންޑްތައް އުފައްދާފައިވާ ތަޖުރިބާކާރެކެވެ. ތިންކް އެޑްވަޓައިޒިންގެ ސީއީއޯ، އަދީލް އިސްމާއިލް-- ސްމޯލް މޯލްޑިވްސް އައިލެންޑްގެ އިންޓަނޭޝަނަލް ސޭލްސްގެ ޑިރެކްޓަރު، އަބްދުﷲ ނަބީލް: ނަބީލް އަކީ ލަގްޒަރީ ރިސޯޓްތަކުގެ ސޭލްސް އެންޑް މާކެޓިންގެ ދާއިރާގައި ސާދަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. ރިސޯޓްތަކުގަޔާއި ހޮސްޕިޓާލިޓީގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ނަބީލް އަކީ އެ ދާއިރާގެ ވިޔަފާރީގައި ތަފާތު އައު އުކުޅުތަކެއް ގެންގުޅުއްވާ ބޭފުޅެކެވެ. ސްމޯލް މޯލްޑިވްސް އައިލެންޑްގެ އިންޓަނޭޝަނަލް ސޭލްސްގެ ޑިރެކްޓަރު، އަބްދުﷲ ނަބީލް-- ދިރާގުގެ ޗީފް މާކެޓިން އޮފިސާ، އިޒަބެލް ހަޖްރީ: އިޒަބެލް އަކީ ތަފާތު އެކި ގައުމުތަކުގެ ސަގާފަތްތަކުގެ ތަޖުރިބާ ލިބިފައިވާ ދުނިޔޭގެ އެކި މޯބައިލް އެނޑް ޓެލެކޮމް ކުންފުނިތަކުގައި މެނޭޖްމަންޓް މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. އަލަށް ކުންފުނިތައް އުފައްދައި ހިންގުމާއި އައު ބްރޭންޑްތައް އުފެއްދުން ފަދަ ދާއިރާތަކުން ފުރިހަމަ ތަޖުރިބާ އިޒަބެލް އަށް ވަނީ ލިބިފަ އެވެ. ދިރާގުގެ ޗީފް މާކެޓިން އޮފިސާ، އިޒަބެލް ހަޖްރީ-- ޕަބްލިކް ސާވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އައިމިނަތު ޝާޔަން ޝާހިދު: ޝާޔާން އަކީ ޕީއެސްއެމްގެ ދަށުން ޓީވީ، ރޭޑިއޯ، އޮންލައިން، ޕްރިންޓް މީޑިއާ ވެސް ހިންގުމުގައި ހަރަކާތްތެރިވާ މީޑިއާގައި މަސައްކަތް ކުރާ މީހުން އުފެއްދުމުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ޕަބްލިކް ސާވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އައިމިނަތު ޝާޔަން ޝާހިދު-- އެލައިޑް އިންޝުއަރެންސްގެ މާކެޓިން މެނޭޖަރު، ނިއުޝާދު ޝަރީފް: ނިއުޝާދަކީ އެލައިޑް އިންޝުއަރެންސް ކުންފުނީގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންގެ ހުރިހާ ކަމެއް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. އޭގެ އިތުރުން ވެސް ތިންކް މޯލްޑިވްސްގެ ސީނިއާ މެނޭޖާގެ ހައިސިއްޔަތުން، ނިއުޝާދަކީ ބްރޭންޑް ޕްލޭނިން އަދި މާކެޓިން ކެންޕޭންތައްް ހިންގުމުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. އެލައިޑް އިންޝުއަރެންސްގެ މާކެޓިން މެނޭޖަރު، ނިއުޝާދު ޝަރީފް-- އެ ފޯރަމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ ޓިކެޓެއް 200 ޑޮލަރަށެވެ. އަދި ގަންނަ ކޮންމެ ދެ ޓިކެޓަކަށް އެއް ޓިކެޓް ހިލޭ ލިބޭނެ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުންޏެވެ. ޓިކެޓަށް ނަގާ ފީގެ ތެރޭގައި ރެޖިސްޓްރޭޝަން ފީ، ކެއުން، ސައި އަދި ކޮފީ ހިމެނޭނެ އެވެ. މާކެޓާސް ފޯރަމަކީ ވިޔަފާރިތަކުގެ އިސްވެރިން ބައިވެރިވާ، އަދި ވިޔަފާރިތަކުން ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭނެ ނެޓްވޯކިންގް އިވެންޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ