މައްސަލަ ސާބިތު ނުވުމުން ގާޒީ އަހުމަދު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި

މައްސަލައެއްގައި ތުހުމަތުކުރެވިގެން ޒިންމާއިން ސަސްޕެންޑްކުރި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދުގެ މައްސަލަ ސާބިތުނުވުމުން އޭނާގެ ސަސްޕެންޝަން އުވާލައިފި އެވެ.
މިދިޔަ އަހަރުގެ އޮސްޓުމަހުގެ 23 ވަނަ ދުވަހު ގާޒީ ހަސަން ރަޝީދު ސަސްޕެންޑް ކުރީ އޭނާއާ ބެހޭ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައި، އެމައްސަލަ ފުލުހުން ތަހުގީގުކުރަން ފެށުމާއެކު އެވެ.
ޖޭއެސްސީގެ މީޑިއާ އޮފިސާ ހަސަން ޒަހީން މިރޭ ވިދާޅުވީ، ގާޒީ އަހުމަދު ރަޝީދުގެ މައްސަލަ މިހާރު ބަލައި ނިމިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ސާބިތު ނުވާތީ އޭނާގެ ސަސްޕެންޝަން އުވިފައިވާކަމަށާއި އަންނަ އާދީއްތަ ދުވަހުން ފެށިގެން އަހުމަދު ރަޝީދު ކޯޓުގައި މައްސަލަ ބައްލަވަން ފައްޓަވާނެ ކަމަށެވެ.
އަހުމަދަކީ 2015 ވަނަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ކްރިމިނަލް ކޯޓުގެ ގާޒީއެއް ގޮތުގައި ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ޖޭއެސްސީގެ މެންބަރުކަން ވެސް އަދާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ