ޑރ އަފުރާޝީމް ޝަހީދު ކޮށްލުމުގައި ޝާން ބައިވެރިވާކަން ސާބިތުނުވާ ކަމަށް ޙުކުމްކޮށްފި

ޑރ އަފުރާޝީމް ޝަހީދު ކޮށްލުމުގައި ޝާން ބައިވެރިވާކަން ސާބިތުނުވާ ކަމަށް ޙުކުމް ކޮށްފިއެވެ.ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓު އަލީ ޝާންގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރި ނަމަވެސް މި މައްސަލައިގައި ހިމެނޭ ހުޞައިން ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ ޙުކުމް ކޮށްފައެވެ.މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ އިއްޒަތްތެރި މެންބަރު ޑރ. އަފްރާޝީމް އަލީ މަރާލި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންގެ އިތުރުން ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލުމުން ހުމާމް ވަނީ ކުށަށް އިޢުތިރާފްވެ އެކަމުގައި ޝާން ބައިވެރި ވެފައި ނުވާކަމަށް ބުނެފައެވެ. އެހެން ނަމަވެސް ޝަރީއަތުގައި ހުމާމް ވަނީ އެތައް ފަހަރަކު އެނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރު ވެސް ކޮށްފައެވެ.މިކަމާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައި ވާގޮތުގައި އަފްރާޝީމް އަވަހާރަ ކޮށްލާފައިވަނީ ސިޔާސީ މަގުޞަދެއްގައި ކަމަށާއި އެކަން ކުރުވާފައި ވަނީ ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަމަށެވެ. އަދި ހުމާމާއި ޝާނަކީ އަފްރާޝީމަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި ދެ މީހުން ކަމަށްވެސް ފުލުހުން ހާމަކުރައްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ