ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ގޮވާލައްވައިފިއެވެ.
ކުރީގެ ރައީސް މައުމޫން ގޭ ބަންދަށް ދޫކޮށްލެއްވުމަށް މާރިޔާ ގޮވާލެއްވީ މިއަދު ކުރެއްވި ޓްވީޓް ގައެވެ.
"ރައީސް މައުމޫން އުޅުއްވަނީ އާލަސްކަންފުޅާ ކަމަށާއި މިވަގުތު އެމަނިކުފާނުގެ އާއިލާއަށް ނުހަނު ބޭނުންފުޅުވެވަޑައިގަންނަވާ" ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން ގޭ ބަންދަށް ރައީސް މައުމޫން ބަދަލުކޮށް ދެއްވުން އެދިވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
އިބޫ ގެ ތަރުޖަމާނު މާރިޔާ ކުރީގެ ރައީސް މައުމޫން ގޭ ބަންދަށް ދޫކޮށްލުމަށް އެދިވަޑައިގެންނެވި އިރު ރައީސް މައުމޫނުގެ ހާލުކޮޅު ގޯސްވެ އެމަނިކުފާނަށް ފަރުވާ ދިނުމަށް ޑޮކްޓަރެއް އިއްޔެވަނީ މާފުއްޓަށް ގެންގޮސްފައި ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ.
މާރިޔާގެ އެދިލެއްވުން: މައުމޫން ގޭ ބަންދަށް ދޫކޮށްލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ