ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކުރަމުންދާ އަނިޔާތައް ހުއްޓާލައްވާ ކުޑަ މިނުން ރައީސް މައުމޫން ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ގޮވާލައްވައިފިއެވެ.
މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަރަށް އަދަބުވެރިކަމާއެކު ރައީސް އަބްދުﷲ ޔާމީނަށް ވިދާޅުވީ ބޭބޭފުޅު މައުމޫނާއި މެދު އަނިޔާވެރިވެވަޑައިގެންނެވުމުންދާ ކަމަށެވެ. އެ ބޭބޭފުޅުގެ ކެބިނެޓު ރައީސް ޔާމީނަށް ޖާގަ ދެއްވި ކަމަށާއި އަދި ވެރިކަމަށް ވަޑައިގެންނެވުނު ހަމައެކަނި ސަބަބަކީ ވެސް އެ ބޭބޭފުޅު ކަމަށް މާރިޔާ ވިދާލުވެފައިވެއެވެ.
ރައީސް މައުމޫން އުޅުއްވަނީ އާލަސްކަންފުޅާ ކަމަށާއި މިވަގުތު އެމަނިކުފާނުގެ އާއިލާއަށް ނުހަނު ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން ކުޑަމިނުން ގޭ ބަންދަށް ރައީސް މައުމޫން ބަދަލުކޮށް ދެއްވުން އެދިވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ އެގޮތަށް ގޮވާލައްވާފައިވާ އިރު ރައީސް މައުމޫނުގެ ހާލުކޮޅު ގޯސްވެ އެމަނިކުފާނަށް ފަރުވާ ދިނުމަށް ދޫނިދޫއަށް މާލެއިން ޑޮކްޓަރުން ގެންްދާ ކަމަށް އަނެއްކާ ވެސް ވަނީ ހަބަރުތައް ފެތުރެން ފަށާފައެވެ.
ރައީސް މައުމޫން ގޭ ބަންދަށް ބަދަލުކޮށް ދެއްވާ:މާރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ