އިންކަމް ޓެކްސް ނަގާނަމަ މަޖިލީސް މެންބަރުންނާއި ފަނޑިޔާރުންގެ އެކައުންޓްތަކަށް ވަނަ ރިޝްވަތުގެ ފައިސާ އެނގިގެންދާނެ ކަމަށާއި އެފަދަ ޓެކްސްއެއް ނެގުމަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
އިންކަމް ޓެކްސްއާއި ގުޅޭ ގޮތުން ސުއޫދު ވިދާޅުވީ، ޓެކްސް ގެ ނިޒާމު އަލުން މުރާޖާކޮށް އިންތިހާއަށް މުއްސަދި ފަރުދުންގެ އަތުން އިންކަމް ޓެކްސް ނަގައި އަސާސީ ހިދުމަތް ލިބުމުގައި މުއްސަދިންނާ ފަގީރުންގެ ފަރަގު ކުޑަ ކުރުމަށް ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ހުށަހަޅުމަށް ތާއީދު ކުރައްވާކަމަށެވެ. ސުއޫދު ވިދާޅުވީ، އިންކަމް ޓެކްސްގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މަގުފަހިވާނެ ކަމަށާއި މިފަދަ ޓެކްސްއެއް ނެގުމަށް ދެކޮޅު ހަދާނީ ވަގު ވިޔަފާރި ކުރާ މީހުންނާއި ޑްރަގް ވިއްކާ މީހުންނާއި ކަޅުފައިސާ ދޮންނަ މީހުން ކަމަށެވެ.
މަހު މުސާރަ ލިބޭ މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންގެ އެކައުންޓަށް ކޮން ފައިސާއެއްކަން ނޭނގޭ ގޮތަށް ރިޝްވަތުގެ ފައިސާ ޖަމާކޮށްފިނަމަ އިންކަމް ޓެކްސްގެ ނިޒާމުގެ ތެރެއިން ހާމަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސުއޫދު މިހެން ވިދާޅުވެފައިވާއިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގެ ސަރުކާރެއްގައި އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށް ކެންޑިޑޭޓް އިބޫ ވަނީ ވިދާޅުވެފައެވެ.
Mahumusaara libey Majlis memberun adhi fandiyaarun ge accountah, kon faisaa eh kan neyn'gey gothah rishwathuge faisaa jamaa koffinama income tax ge nizaamuge therein ekan faalhuvaane.
އެމްޑީޕީ ސަރުކާރުން 2011 ވަނަ އަހަރު ފުރިހަމަ ޓެކްސްގެ ނިޒާމެއް ތައާރަފްކުރުމަށްޓަކާއި އިންކަމް ޓެކްސް ނެގުމުގައި އުސޫލުތަކެއްވެސް އޭރު އިއުލާނު ކުރިއެވެ. އެގޮތުން 30000ރ. އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން ތިން ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ބޭންޑަކުން ޓެކްސް ނެގުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ.
މި ސަރުކާރުން ހާމަކުރާ ގޮތުގައި އިންކަމް ޓެކްސް ނެގުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރާނީ ޓެކްސްގެ ނިޒާމު ފުޅާކޮށް، ހަރުދަނާކުރުމަށްޓަކައެވެ. އެހެން ކަމުން އިންކަމް ޓެކްސް ނެގުން އެއީ އަދި ކުރަން ވިސްނާފައިވާ ކަމެއް ނޫނެވެ.
Income tax negumah corrupt meehunnaai, vaguviyafaari kuraa meehunnaai, drug vikkaa meehunnnai kalhufaisaa dhonna meehun dhekolhu hadhaane. Sababakee e faraaiythakun kuraa kuh thakaai, kalhu faisaa hoadhaa goiy thah income tax negumuge nuzaamu ge therein faalhuvaanethee.
އިންކަމް ޓެކްސްގެ ނެގުމުގެ ސަބަބުން އެކި ފަންތީގެ މީހުންގެ މެދުގައި އޮންނަ އާމްދަނީގެ ތަފާތުތައް ކޮންޓްރޯލް ކުރެވިގެންދާނެއެވެ. ފުރިހަމަ ޓެކްސްގެ ނިޒާމެއް ގާއިމް ކުރުމަށްޓަކާއި އިންކަމްޓެކްސް ބޭނުންވާ ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ. އެގޮތުން ބީޕީޓީ އާއި ޖީއެސްޓީ އާއި އަދި އެނޫން ޓެކްސް ނަގާއިރު އެޓެކްސްގެ ތެރެއިން ވާނުވާ ނޭނގޭ ފައިސާތައް ފުރާނާލުމަށްޓަކައި މިއީ މުހިއްމު ޓެކްސްއެއް ކަމަށް އެފަދަ ފަރަތްތަކުން ފާހަގަކުރެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އިންކަމް ޓެކްސްގެ ތެރެއިން ފަނޑިޔާރުންނާއި މަޖިލިސް މެމްބަރުން ނަގާ ރިޝްވަތުގެ ފައިސާ އެނގޭނެ: ސުއޫދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ