މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަލްއުސްތާޒު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް އައްޔަންކޮށްފި އެވެ.
ޕީސީބީން މިއަދު ބުނީ، އެ މަގާމަށް ފިރުޒުލް އައްޔަންކުރީ މިއަދުން ފެށިގެން ކަމަށެވެ.
މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީގައި ކުއްލިއްޔަތުން ޝަރީއާ ވަލްގާނޫނުން ތައުލީމް ހާސިލުކުރައްވާފައިވާ ފިރުޒުލް އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރީން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަގާމުގަ އެވެ.
ފިރުޒުލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންތިހާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، އެ މަނިކުފާނުގެ ތަރުޖަމާނެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި އެވެ.
އޭނާއަކީ ޕީއެންސީގެ ތަރުޖަމާނެވެ. އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރުވެސް ކޮންގްރެސް ޕާޓީގެ ތަރުޖަމާނެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އަލް ހާފިޒް ފިރުޒުލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ