23:03
އުމަރު ވިދާޅުވީ ޔާމިނާއި އެކީގައި ކޮރަޕްޓުމީހުން ދާނަމަ އުމަރަށް ބައިއަތު ނުހިއްޕަވާނެކަމަށް އަދި އޭނަގެ ސަޕޯޓަރުން ތިބީ އުމަރުގެ މެސެޖަކަށް ކަމަށް ވިދާޅުވެ. ޕީޕީއެމްއަށް އިއްޔެ ސޮއެ ކުރެއްވެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައިސް ނާޒިމް އަކީ މިގައުމުގައި ހުރި އެންމެ ކޮރަޕްޓް މީހާކަމަށާއި ނާޒިމް ޔާމިނުގެ ފަހަތްޕުޅުގައި ހުންނަވާނަމަ އުމަރު ޔާމިނުގެ ފަހަތްޕުޅުގައި ނުހުންނަވާނެ ކަމަށް އުމަރު ވިދާޅުވި
22:57
އަޅުގަނޑުމެން މިގައުމަށް އިންގިލާބު ގެންނާނަން ކަމަށާއި އަޅުގަނޑުމެން ޕީޕީއެމްއަށް ވެސް ހުދު އިންގިލާބު ގެންނާނަން ކަމަށް އުމަރު ވިދާޅުވި
22:54
އުމަރު ނަސީރު ވިދާޅޫވީ ޕުރައިމަޜީ އިންސާފުވެރި ނޫންކަމަށް ނަމަވެސް ޕާޓީ ދޫކުރައްވާފައި ވަޑައި ނުގަންނަވާނެ ކަމަށް އުމަރު ވިދާޅުވި. އުމަރު ވިދާޅުވީ ވޯޓްލީ ދުވަހު ބާކީ ހުރި ކަރުދާސް ކޮޅުތަކުގައި ޔާމިނުގެ ނަމުގައި ފާހަގަ ޖެހުމަށް ފަހު ފޮއްޓަށް ލިކަމަށް، ފޮއްދޫގައި ބެހެއްޓި ފޮށީގައި ހުރި އުމަރު ނަސީރުގެ ކަރުދާސް ކޮޅުތައް އެއްފަރާތް ކުރިކަމަށް އަދި ތުލުސްދޫގައި ވޯޓް ފޮއްޓެއް ނުބަހައްޓާކަމަށާއި ނަމަވެސް ނަތީޖާ އައި ކަމަށް ވިދާޅުވި
22:53
ޕާޓީގެ ކައުންސިލް އޮތީ ޔާމީން އާއި އެއްކޮޅަށް.އިންތިހާބީ ކޮމެޓީގައި އޮތީ ޔާމިންގެ އަގުލަބިއްޔަތު، ރައީސް މައުމޫނުގެ ބޭފުޅުން ތިބީ ޔާމިނުގެ ފަހަތުގައި - އުމަރު
22:52
އަޅުގަނޑުމެން ވާދަކުރީ ޕާޓީގެ ހުރިހައި މެޝިނަރީޒް އާއި ދެކޮޅަށް -އުމަރު
22:46
ޕުރައިމަރީގައި ޔާމިނު ކޮޅަށް ބޮޑެތި ގޭންގުތަކުގެ މީހުން އެރި - އުމަރު
(ތަފްސީލް އަންނަނީ)
ޕުރައިމަރީގައި ޔާމިނު ކޮޅަށް ބޮޑެތި ގޭންގުތަކުގެ މީހުން އެރި - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ